ކްރޫގާގެ އުފެއްދުންތައް ގަނެގެން ސައިކަލެއް ހޯދުމުގެ ފުރުސަތު

އެސްޓީއޯ ކްރޫގާ ޗެލެންޖުގެ ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތައް --- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން ވިއްކާ ކްރޫގާ ބްރޭންޑުގެ އުފެއްދުންތައް ގަނެގެން ސައިކަލަކާއި، އެހެނިހެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

"ކްރޫގާ ޗެލެންޖު 2022"ގެ ނަމުގައި މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށް އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން، ގަންނަ ކޮންމެ ކްރޫގާގެ އުފެއްދުމަކާއެކު ޑިޖިޓަލް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެތެރެއިން، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބެނެލީ ޕެނެރިއާ ސައިކަލެއް، ދެވަނައަށް ދާ މީހަކަށް އައިފޯން 13 ޕްރޯ މެކްސް ފޯނެއް އަދި ތިންވަނައަށް ދާ މީހަކަށް ފިލިޕްސް 55 އިންޗީގެ ޓީވީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަނާއެކު ސޯޝަލް މީޑިއާ ޗެލެންޖެއް ވެސް ކުރިއަށް ގެންދިއުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. އެގޮތުން، ކްރޫގާގެ އުފެއްދުމެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށް ފަހު STOKrugerChallenge2022 # ގެ ދަށުން ޕޯސްޓުކުރުމުން އެ ޗެލެންޖުގައި ބައިވެރިވެވޭނެއެވެ.

އޭގެ ތެރެއިން ކޮންމެ ހަފުތާއަކު ވެސް އެންމެ ގިނަ ލައިކްސް ނުވަތަ ރިއެކްޝަންސް ލިބޭ ޕޯސްޓެއްގެ ވެރިފަރާތަށް އަގުހުރި އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.

comment ކޮމެންޓް