ޓްރާންސްފާ މާކެޓު: މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޓީމް ދޫކޮށްލަނީ

އެމްބާއްޕޭ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ---

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މިވަގުތު އެ ކުޅުންތެރިން ނިސްބަތްވާ ޓީމުތަކާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ކައިރިވެފައިވާއިރު މި ސީޒަން ނިމުމާއެކު އެ ކުޅުންތެރިން ވަނީ ގޮތެއް ނިންމަން ޖެހިފައެވެ. މިހާރު ހުރި ޓީމުގައި މަޑުކުރާނީތޯ ނުވަތަ އާ ޓީމަކަށް ދާނީތޯ ކުރެވޭ ސުވާލުތަކަށް ކުޅުންތެރިންނަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ އަލިމަގެއް ފެނިފައެވެ.

މި ސީޒަން ނިމުމާއެކު ކޮންޓްރެކްޓު ހަމަވެގެން ޓީމު ދޫކޮށްލާނެކަމަށް ބެލެވޭ ކުޅުންތެރިން

1. ކައިލިއަން އެމްބާއްޕޭ

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫސް، މާސާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޓްރާންސާފާ މާކެޓުގައި ފްރާންސްގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ޒުވާން ހަލުވި އެމްބައްޕޭ އެ ޓީމު ދޫކޮށް ރެއާލްމެޑްރިޑަށް ބަދަލުވާނެއެވެ. މިހާރު އޭނާ ކުޅެމުންދާ ޕީއެސްޖީގެ އެތައް އޮފާތަކަކަށް އޭނާ ވަނީ ނޫނެކޭ ބުނެފައެވެ.

2. ޕައުލް ޕޮގްބާ

ޕޮގްބާ މި ސީޒަން ނިމުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑުގައި ދެން މަޑުނުކުރާނެކަން މިހާރު ވަނީ ޔަޤީންވެފައެވެ. ނަމަވެސް އޭނާ ދެން ދާނީ ކޮން ޓީމަކަށް ކަމެއް އަދި ޔަޤީންވެފައެއް ނުވެއެވެ.

ޕޮގްބާ ހޯދުމުގެ ރޭހުގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުލަބު ތަކެއް ވަނީ ވާދަކުރަން ފަށާފައެވެ. އޭގެ ތެރޭގައި އޭނާ ކުރިން ކުޅުނު ކުލަބެއްކަމަށްވާ ޖުވެންޓަސް ވެސް ހިމެނެއެވެ. ނަމަވެސް ޕީއެސްޖީން އޮތީ ބޮޑު މުސާރައަކާއެކު އޭނާ ހޯދުމަށް ތައްޔާރަށެވެ.

3. ފްރޭންކް ކެސީ އަދި އަންދްރޭސް ކްރިސްޓަންސެން

ޗެލްސީގެ ކްރިސްޓަންސެން---

އޭސީ މިލާނަށް ކުޅޭ ކެސީގެ އިތުރުން ޗެލްސީގެ ކްރިސްޓަންސެން އަކީ ގާތްގަނޑަކަށް މިހާރު ސްޕެއިންގެ ބާސެލޯނާގެ ދެ ކުޅުންތެރިންނެވެ. ސްޕެއިންގެ މާސާއިން ރިޕޯޓުކުރާ ގޮތުގައި ކައިރި މުސްތަޤުބަލެއްގައި ބާސެލޯނާއިން ރަސްމީކޮށް އެ ދެ ކުޅުންތެރިންގެ ޓްރާންސްފާ އިއުލާނުކުރާނެއެވެ.

4. އެންޓޯނިއޯ ރުޑިގާ

މާސާއިން މި މަހުގެ 10 ވަނަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި 2022/23 ވަނަ ސީޒަނުގެ ކުރިން ރެއާލް މެޑްރިޑާ ގުޅުމަށް ޗެލްސީގެ ސެންޓާ ބެކް މެޑްރިޑަށް ފުރާނެއެވެ. އޭނާ ސޮއި ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހުގައެވެ.

5. އޮސްމާނޭ ޑެމްބެލޭ

ބާސެލޯނާއަށް މި ސީޒަނުގައި މޮޅު ކުޅުމެއް ކުޅެދީފައިވާ ޑެމްބެލޭގެ ކޮންޓްރެކްޓު މި ސިޒާނާއެކު ވަނީ ހަމަވެފައެވެ. އަދި ބާސެލޯނާއިން އޭނާ ޓީމުގައި މަޑުކުރުވޭތޯ މަސައްކަތް ކުރާއިރު އެންމެ ފަހުން ހުށަހެޅި ހުރިހާ ހުށެހެޅުމަކަށް ވެސް އޭނާ ވަނީ ނޫނެކޭ ބުނެފައެވެ.

ނަމަވެސް ގިނަ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ އެހެން ޓީމަކަށް ދިއުމަށް ވުރެ ގާތީ ބަސެލޯނާގައި މަޑުކުރުމެވެ.

6. ލުއިޒް ސުއަރޭޒް

ލުއިޒް ސުއަރޭޒް

މިދިޔަ އާދިއްތަ ދުވަހު ސެވިއްޔާ އާ ދެކޮޅަށް އެޓްލެޓިކޯ މެޑްރިޑް ނިކުތް މެޗުގައި އެ ޓީމުގެ ސަޕޯޓަރުންނަށް ސުއަރޭޒް ވަނީ ވަދާއީ ފެނިލުން ފެނިލާފައެވެ. އޭނާ ވަނީ އިޓަލީގެ ބައެއް ކްލަބްތަކުގެ އިތުރުން ސްޓީވަން ޖެރާޑްގެ އެސްޓަން ވިލާ ފަދަ ޕްރިމިއާ ލީގުގެ ޓީމުތަކުން ޝައުގުވެރިކަން ހޯދައިފައެވެ.

7. އޭންޖަލް ޑިމާރިއާ

އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޑިމާރިއާ ޕީއެސްޖީ ދޫކޮށްލާނެކަމަށް ވެސް މާސާއިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ޖުވެންޓަސް ކަމަށް ވެސް އެ ރިޕޯޓުތައް ބުނެއެވެ.

މާސެލޭގެ ބޮބަކާރު ކަމާރާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖެސީ ލިންގާޑުގެ އިތުރުން ބާންލީގެ ޖޭމްސް ޓާކޯސްކީ އާއި ލިޔޯންގެ ޖޭސަން ޑެނަޔާ އަދި ބަޔާން މިޔުނިކްގެ ކޮރެންޓިން ޓޮލީސޯގެ ކޮންޓްރެކްޓްވެސް ވަނީ ހަމަވެފައެވެ.

comment ކޮމެންޓް