އީއެލްއޭ ފުޓްސަލް ޗެލެންޖުގެ ގުރު ނަގައިފި

އީއެލްއޭ ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އީއެލްއޭ ފުޓްސަލް ޗެލެންޖުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިމަހުގެ ދިހަވަނަ ދުވަހު ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގައި މުބާރާތުގައި ބައިވެރިވާ ނުވަ ޓީމް ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ.

އީއެލްއޭ ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

އެގޮތުން، މުބާރާތުގައި ބައިވެރިވާ ޓީމްތައް ގުރޫޕްތަކަށް ބެހިފައިވާ ގޮތަކީ:

ގުރޫޕު އޭ

  • މާފާ
  • މަނަދޫ އެފްޓީ
  • މެޖިސްޓާ
  • ޔުނައިޓެޑް އެފްސީ
  • އެކްސީޑް

ގުރޫޕު ބީ

  • އިންވޭޑާސް
  • ޗިކޯސް އެފްސީ
  • ބްލަޑްޒް
  • ސަސްޕަޓިސް

ނ. މިލަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އެރަށުގެ ހަ ޓީމެއްގެ އިތުރުން ނ. މަނަދޫ އަދި ނ. ޅޮހީގެ ޓީމްތައް ވެސް ބައިވެރިވެެއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ އޮފިޝަލުންނާއި ޓީމް އެސްކޯޓުން އަދި ރެފްރީންގެ ޖޯޒީ ވަނީ ދައްކާލާފައެވެ. އަދި، މުބާރާތުގެ ޓްރޮފީ ދައްކާލާފައިވާ އިރު، މުބާރާތަށް ހާއްސަކޮށް ތީމް ލަވަ ވެސް ވަނީ ލޯންޗުކޮށްފައެވެ.

މި މަހުގެ 27ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާފާ އާއި މަނަދޫ އެފްޓީއެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ފެންނަ މި މުބާރާތް ވާނީ މިލަދޫގައި މިހާތަނަށް ބާއްވާ އެންމެ ފޯރިގަދަ މުބާރާތަށެވެ.

comment ކޮމެންޓް