މިދިޔަ ދެ ހަފްތާތެރޭ މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 312 މީހުން

މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފައިލް ފޮޓޯ

މިދިޔަ ދެ ހަފްތާގެ ތެރޭގައި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 312 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޭޕްރީލް 24 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް، މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތަފާސް ހިސާބު އެޗްޕީއޭއިން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެގޮތުން، ދެ ހަފްތާ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 43 މީހުންނެވެ. އަދި އަތޮޅުތެރެއިން 222 މީހުން ޕޮޒިޓިވްވި އިރު، އެހެނިހެން ސަރަހައްދުތަކުން 47 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއީ އޭގެ ކުރީ ހަފްތާއާއި އަޅާކިޔާނަމަ، ދަށްވުމެކެވެ.

އެގޮތުން އޭގެ ކުރީގެ އެއް ހަފްތާއިން، މާލެ ސަރަހައްދުން 37 މީހުން ޕޮޒިޓިވްވި އިރު، އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 205 މީހުންނެވެ. އަދި އެހެނިހެން ކެޓަގަރީން 46 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އެޗްޕީއޭގެ ކޮވިޑް އަޕްޑޭޓުން ދައްކައެވެ. އެހެންކަމުން 17 އޭޕްރީލްއިން 23 އޭޕްރީލްގެ ނިޔަލަށް، މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 288 މީހުންނެވެ.

އޭގެ ކުރިން، އޭޕްރީލް 14،15،16 ގެ ކޮވިޑް އަޕްޑޭޓަށް ބަލާއިރު، އެ ތިންދުވަހު އެކަނިވެސް މުޅި ރާއްޖެއިން 4،225 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެއީ މާލެއިން 394 މީހުންނާއި އަތޮޅުތެރެއިން 3،375 މީހުންނެވެ.

އެހެންކަމުން، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 179،483 އަށް އަރާފައެވެ. މި ބަލީގައި މިހާތަނަށް 298 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

comment ކޮމެންޓް