ފަސްވަނަ ހޭންޑްބޯލް ޗެމްޕިއަންޝިޕް އަންނަ މަހު

ގައުމީ ހޭންޑްބޯލް މުބާރާތުގެ ތެރެއިން: --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ފަސްވަނަ ހޭންޑްބޯލް ޗެމްޕިއަންޝިޕް އަންނަ މަހު ބޭއްވުމަށް މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަނުން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން، މި މުބާރާތުގައި ބައިވެރިވާން އެދޭ، އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓާވާން އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށް ފަހު، މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެ އެސޯސިއޭޝަނަށް އީމެއިލް ކުރުމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް ހުށަހަޅަން ޖެހޭނީ މި މަހުގެ 31ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިންނެވެ.

ފޯމު ހުށަހަޅަން ޖެހޭނީ އެސޯސިއޭޝަންގެ އޮފީހަށެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުތައް، ގަލޮޅު ދަނޑުގައި ހުންނަ އެ އެސޯސިއޭޝަންގެ އޮފީހުން ލިބެން ހުންނާނެ ކަމަށް މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަންގެ އިއުލާނުގައިވެއެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތު ފަހުގެ ތާރީޚެއްގައި އެންގޭނެ ކަމަށާއި، އިތުރު މައުލޫމާތު ހޯދުމަށް، އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ ނަމްބަރު 9879555އަށް ގުޅުމަށް ހޭންޑޯލް މޯލްޑިވްސް އިން ވަނީ އެދިފައެވެ.

comment ކޮމެންޓް