އދ.ގެ މައި މަރުކަޒުގައި ޝާހިދު އިމާމުވެ ހުކުރުކުރައްވަނީ

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު --- ފޮޓޯ/ ޒިންހުއާ

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައި، އދގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މާދަމާ އިމާމުވެ ހުކުރުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ހާރިޖީ ވުޒާރާއިން މިއަދު ބުނީ މިއީ އދގެ އާންމު މަޖިލިހުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ އިދާރާގައި އިމާމުވެ ހުކުރު ކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ.

އދ.ގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނާއި، ގައުމުތަކުގެ މަންދޫބުން ކޮންމެ ހުކުރަކު ޖަމާއަތުގައި ހުކުރު ނަމާދު ކުރެއެވެ.

ނިއުޔޯކަށް ހުކުރު ވަގުތު ވަނީ ރާއްޖެ ގަޑިން މާދަމާ ރޭ 22:00ގައެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރުކަން ވެސް ކުރައްވާ ޝާހިދު އދގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް