ކަނޑުއަޑީގައި ނޭވާ ހިފެހެއްޓުމުގެ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޫދުއަޑީގެ ނޭވާ ހިފެހެއްޓުމުގެ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުން -- ފޮޓޯ/ ދިރާގު

'ނޭވާ-2'ގެ ނަމުގައި، ކަނޑުއަޑީގައި ނޭވާ ހިފެހެއްޓުމުގެ ރިކޯޑު ގާއިމު ކުރުމަށް ބާއްވާ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އޮކްޓޯބަރު އެއް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 'ނޭވާ-2' ހަރަކާތަކީ، އެންމެ ގިނަ އަދަދެއްގެ މީހުން، އެއްފަހަރާ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ދުނިޔޭގެ ރިކޯޑު ހެދުމަށް ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތުގެ ޑިޖިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ދިރާގުގެ މައި އޮފީހުގައެވެ.

މޯލްޑިވްސް ފްރީޑައިވިން އެސޯސިއޭޝަނުން އިންތިޒާމު ކުރާ މި ހަރަކާތަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތެކެވެ.

'ނޭވާ-1' ގެ ނަމުގައި 2019 ވަނަ އަހަރު ވަނީ، އެންމެ ގިނަ މީހުން އެއް ފަހަރާ ފްރީޑައިވް ކުރުމުގެ ރިކޯޑު ވެސް ރާއްޖޭގައި ހަދާފައެވެ.

ޖުމްލަ 521 މީހުންނާއެކު ކުރިއަށް ދިޔަ އެ ހަރަކާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ކެބިނެޓުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް