ރޯމާ ހުއްޓުވައި އިންޓައިން އެއް ވަނައަށް

އިޓާލިއަން ލީގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ރޭ ރޯމާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އިންޓަމިލާނުން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފިއެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި ރޯމާގެ މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 3-1އިންނެވެ.

މެޗު ފަށަައިގެން ވެސް ރަނގަޅު ރޫހެއްގައި ކުޅެފައިވަނީ އިންޓައިންނެވެ. ރޯމާގެ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވަމުން ގޮސް، އިންޓައިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. އެ ޓީމުން ލީޑު ނަގާފައިވަނީ ޑެންޒެލް ޑަމްފްރީސް ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޗަނޮނޮގްލޫ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

އޭގެ ދިހަ މިނެޓު ފަހުން އިންޓައަށް ލީޑު ފުޅާކޮށްދިނީ މާސެލޯ ބްރޮޒޮވިޗްއެވެ. މިއީ އިވާން ޕެރިސިޗްގެ އެހީތެރިކަމާއެކީ އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އިޓާލިއަން ލީގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އިންޓައިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހާފަައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ޗަނޮނޮގްލޫގެ އެހީތެރިކަމާއެކު މި ލަނޑު ޖަހާފައިވަނީ ލަޓާރޯ މާޓީނޭޒްއެވެ.

މެޗުގައި ރޯމާގެ ހަމައެކަނި ލަނޑު 85 ވަނަ މިނެޓުގައި ޖަހައިދިނީ ހެންރިކް މިކިތާރްޔަންއެވެ. މިއީ އެލްޑޯ ޝޮމުރޯޑޯވްގެ އެހީތެރިކަމާއެކު އޭނާ ޖެހި ލަނޑެކެވެ.

ރޯމާއިން ވަނީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 12 މެޗުން ވެސް މޮޅުވެފައެވެ. އެ ޓީމު މޮޅުވުމުގެ ސިލްސިލާއަށް މިރޭ އިންޓައިން ވަނީ ނިމުމެއް ގެނެސްފައެވެ.

މެޗުން މޮޅުވެ އިންޓަ އެއް ވަނައިގައި އޮތީ 33 މެޗުން 72 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން 71 ޕޮއިންޓު ހޯދައިގެން ދެ ވަނަ މަގާމުގައި އޮތީ އޭސީ މިލާނެވެ.

comment ކޮމެންޓް