ދިރާގުގެ ސީޓީއޯއަކަށް މުސާދު

ދިރާގުގެ ސީޓީއޯ މުހައްމަދު މުސާދު---

ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޯމޭޝަން އޮފިސަރަކަށް މުހައްމަދު މުސާދު ހަމަޖައްސައިފިއެވެ.

ޗީފް ޓެކްނޮލޮޖީ އެންޑް އިންފޯމޭޝަން އޮފިސަރުގެ މަގާމު އުފެއްދުމަށް ދިރާގުގެ ބޯޑުން ނިންމީ މިމަހުގެ 19ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

އެ މަގާމުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެނީ މައުލޫމާތާ ގުޅޭ އުސޫލުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، އިންފޯމޭޝަން ސިސްޓަމްތައް މެނޭޖުކުރުމާއި، ސައިބާސެކިއުރިޓީ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނުގެ ކަންކަން ބެލެހެއްޓުމެވެ.

މުސާދު އެ މަގާމާ ހަވާލުވެލައްވާނީ އަންނަ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އޭނާއަކީ ޓެލެކޮމް ދާއިރާގައި 23 އަަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ޗާޓަޑް އިންޖިނޭރެކެވެ. އޭނާ ވަނީ ނިއުޒީލޭންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންޓަނުން އިންފޯމޭޝަން ސިސްޓަމްސްގެ ދާއިރާއިން މާސްޓާސް ހާސިލު ކުރައްވާފައެވެ. އަދި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން އެމްބީއޭ ހާސިލުކުރައްވާފައިވެއެވެ.

މުސާދު މި ވަގުތު ހުންނެވީ ދިރާގުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޑިރެކްޓަރެއްގެ މަގާމުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް