ބްރޫކް އެންޑް ޕާޓްނާސްއިން ކުންފުނިތައް ގެންގޮސްދެނީ ދުނިޔޭގެ ފެންވަަރަށް

ބްރޫކް އެންޑް ޕާޓްނާސް ---

ވިޔަފާރި ކުންފުންޏަކަށް އެންމެ މުހިއްމު އެއް ކަމަކަށް ވާނީ ކަސްޓަމަރުންގެ އިތުބާރާ ޔަގީންކަން ހޯދުމެވެ. އެކަން ކަށަވަރު ކުރުމަށް އޮތް އެންމެ މުހިއްމު އެއް ވަސީލަތަކަށް ވާނީ އިތުބާރުހުރި ސެޓްފިކެޓުތަކާއި ފާސްތަކެވެ.

ނަމަވެސް، ގިނަ ފަހަރަށް މިފަދަ ސެޓްފިކެޓެއް ހާސިލުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެކަން ކުރުމަށްޓަކައި ގިނަ މަރުހަލާތަކެއް ކަޑައްތުކޮށް، ގިނަ ކުރިއެރުންތަކެއް ހޯދަން ޖެހެއެވެ.

އެ ހިސާބަށް ކުންފުނިތައް ގެންގޮސްދިނުމުގައި އެންމެ އިތުބާރާއެކު މަސައްކަތް ކުރާ އެއް ކުންފުންޏަކީ ބްރޫކް އެންޑް ޕާޓްނާސް އެވެ. މިއީ އެ ކޮންސަލްޓަންސީ ފާމްގެ ވާހަކައެވެ.

ފެށުމަކީ އޭވިއޭޝަންގެ ތަޖުރިބާ

ކުންފުނީގެ މުއައްސިސް، މުޙައްމަދު މަބްރޫކްގެ ވާހަކަ ފެށެނީ މީގެ 12 އަހަރު ކުރިން، އޭވިއޭޝަން ދާއިރާއިންނެވެ. އައު ކަންކަމާ ކުރިމަތިލާ، ދަސްކުރުމަށް ޝައުގުވެރިވާ މަބްރޫކް އެ ދާއިރާގެ ތެރެއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރެއްވިއެވެ. އަދި، އެ ދާއިރާގައި މަޝްހޫރުވެފައިވަނީ މައުލޫމާތު މުއްސަނދި، ނަތީޖާ ނެރެދޭ ތަޖުރިބާކާރެއްގެ ގޮތުގައެވެ.

އޭނާ ވަނީ އައިލެންޑު އޭވިއޭޝަން، ޖީއެމްއާރު، އެމްއޭސީއެލް އަދި މެގަ މޯލްޑިވްސްގައި ވަނީ ތަފާތު އެކި މަގާމުތައް އަދާކުރައްވާފައެވެ. އެ ދާއިރާގައި އުޅެމުން އޭނާ ވަނީ ބައެއް ހާއްސަ ކޮލިފިކޭޝަންތައް ހާސިލުކުރައްވާފައެވެ.

މަބްރޫކް މެގަ މޯލްޑިވްސްގައި މަސައްކަތް ކުރި ދުވަސްވަރު

"ކޮންސަލްޓަންޓެއްގެ ގޮތުން ކުންފުނިތަކަށް ގޮސް ކުރަންވާ ކަންކަން ކިޔައިދޭ އިރު، ވަރަށް އަޕް ޓު ޑޭޓް ވެފަ، ހޭލުންތެރިވާން ޖެހޭނެ. އެ ތަމްރީނުތަކުން އެކަމަށް އެހީވި" މަބްރޫކް ކިޔައިދިނެވެ.

އެ ދުވަސްވަރު ލިބުނު ތަޖުރިބާއާއި ތަމްރީނުގެ އަލީގައި، މިހާރު ހިންގަމުން އަންނަ ކޮންސަލްޓެންސީ ފާމުގެ މަސައްކަތަކީ ބައިނަލްއަގުވާމީ ފެންވަރުގެ ސެޓްފިކެޓުތަކާ ހަމައަށް ކުންފުނިތަކަށް ވާސިލުވުމަށް އެހީތެރިވެދިނުމެވެ.

އެ ކޮންސަލްޓަންސީ ފާމްގެ ހަލުވި ކުރިއެރުމުގައި މަބްރޫކުގެ ދައުރު ވަރަށް ބޮޑެވެ. އޭނާގެ ހުނަރާ ތަޖުރިބާ ރާއްޖެއިން ބޭރުގެ ބައެއް ކުންފުނިތަކުން ވެސް ވަނީ ބޭނުން ހިފާފައެވެ.

ސައްތައިން ސައްތަ ކާމިޔާބުގެ ރެކޯޑެއް

ބްރޫކް އެންޑް ޕާޓްނާސްއިން ދޭ ޚިދުމަތްތަކުގެ ތެރެއިން އެންމެ މަގުބޫލު ޚިދުމަތަކީ އައިއެސްއޯ ސާޓިފިކޭޝަންގެ ޚިދުމަތެވެ. އޭގެ ތެރެއިން ވެސް އައިއެސްއޯ 9001 (ކަސްޓަމަރުންގެ ހިތްހަމަޖެހުން) އެއީ އެންމެ ގިނަ ކުންފުނިތަކުން ހޯދާ ސެޓްފިކެޓެވެ. މީގެ އިތުރުން އައިއެސްއޯ 14001 (އެންވަޔަރަމެންޓް މެނޭޖްމަންޓް ސިސްޓަމް)، އައިއެސްއޯ 27001 (އިންފޯމޭޝަން ސެކިއުރިޓީ މެނޭޖްމަންޓް) އަދި، އައިއެސްއޯ 22000 (ފޫޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް) އަކީ ވެސް މަގުބޫލު ސެޓްފިކެޓުތަކެކެވެ.

މިފަދަ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވޭ، ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާއިރު، މަބްރޫކްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޚިދުމަތް ހޯދި އެއްވެސް ފަރާތެއް ހުސް އަތާ ދާން ޖެހިފައި ނެތުމެވެ.

މަބްރޫކް (މ): އޭވިއޭޝަން ދާއިރާގައި އޭނާ ވަނީ ގިނަ ތަޖުރިބާ ތަކެއް ހާސިލުކުރައްވާފައި

"އަޅުގަނޑުމެން ދޭ ޔަގީންކަން އެއީ. އެ ފެންވަރަށް ކުންފުނި ގެންދިއުމަށް ފަހު އަޅުގަނޑުމެން ދޫކޮށްލާނީ" މަބްރޫކް ބުންޏެވެ.

އައިއެސްއޯ ސެޓްފިކެޓަކީ ހުރިހާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުނި ތަކަކަށް ވެސް މުހިއްމު ސެޓްފިކެޓެކެވެ. އޭގެ ސަބަބުން، ކުންފުނީގެ ހިންގުން ހަރުދަނާވެ، ކަސްޓަމަރުންނާއި، އިންވެސްޓަރުންގެ އިތުބާރު ލިބި، އައު މާކެޓު ތަކަށް ވަނުމުގެ ފުރުސަތު ފަހިވެއެވެ.

ބްރޫކް އެންޑް ޕާޓްނާސްއިން އައިއެސްއޯ ސާޓިފިކޭޝަންގެ ޚިދުމަތްދޭ ކުންފުނިތަކުގެ އަހަރީ އޮޑިޓު ހެދުމާއި، އާފްޓާ ސަޕޯޓުގެ ޚިދުމަތް ވެސް ފޯރުކޮށްދެއެވެ.

ރާއްޖޭގައި މި ދާއިރާގައި ހަރަކާތްތެރިވާ މީހުން އަދިވެސް ވަރަށް މަދެވެ. ހާއްސަކޮށް، ދިވެހީން އުޅޭ މިންވަރު ވަކީން މަދެވެ. ބްރޫކް އެންޑް ޕާޓްނާސް އިން ދޭ ހިދުމަތުގެ އަނެއް އިތުބާރަކީ ދިވެހީންގެ ގޮތްފޮތް ދަންނަ، ދިވެހިން އެ ކަމުގައި ހަރަކާތްތެރިވުމެވެ.

ބްރޫކް އެންޑް ޕާޓްނާސް އިން ދޭ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި، [email protected] އަށް އީމެއިލް ކުރެއްވުމުން ވެސް މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް