ދިރާގު އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި

ދިރާގުގެ 33ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ/ދިރާގު

ދިރާގުގެ 33 ވަނަ އަހަރީ އާއްމުޖަލްސާގެ ޔައުމިއްޔާއަށް އިސްލާހު ހުށަހަޅަން ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ.

ދިރާގު އަހަރީ އާއްމު ޖަލްސާ ބާއްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާގެ ޑްރާފްޓް ޔައުމިއްޔާ ދިރާގު ވެބްސައިޓުން ޑައުންލޯޑް ކޮށްލެވޭނެއެވެ.

ޔައުމިއްޔާއަށް އިސްލާހެއް ގެނައުމަށް ބޭނުންވާ ހިއްސާދާރުން، އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން، ބޭނުންވާ އިސްލާހެއް، ލިޔުމުން ދިރާގު ހެޑް އޮފީހަށް (އަމީނީ މަގު) ނުވަތަ ‘[email protected]’ އީ-މެލް އެޑްރެހަށް ހުށަހެޅުމަށް ދިރާގުން އެދެއެވެ.

މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް އިސްލާހުތައް ބަލައި ނުގަނެވޭނޭ ކަމަށް ދިރާގުން ބުންޏެވެ.

ހިއްސާދާރުން ޔައުމިއްޔާއަށް އިސްލާހު ހުށަހަޅާއިރު، ފުރިހަމަ ނަމާއި އައިޑީކާޑު ނަންބަރު އަދި އެޑްރެސްގެ އިތުރުން ގުޅޭނެ ނަންބަރަކާއި ޑްރާފްޓް ޔައުމިއްޔާގެ އިސްލާހު ހުށަހަޅާ ބައި ފުރިހަމަ ކުރުމަށް ދިރާގުން ވަނީ އެދިފައެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ދިރާގު ލިސްޓުކުރީ 2012ވަނަ އަހަރުއެވެ. މި ވަގުތު ދިރާގުގެ ހިއްސާއެއްގެ އަގަކީ 109 ރުފިޔާއެވެ.

comment ކޮމެންޓް