ދިރާގު ޓީވީން މި ރޯދަ މަހު އިތުރު ޚަރަދަކާނުލާ 100އަށް ވުރެ ގިނަ ޗެނަލް ބަލާލެވޭ

މި ރޯދަމހު ދިރާގު ޓީވީގެ އިތުރު ޗެނަލްތައް މުޅިން ހިލޭ

ދިރާގު ޓީވީގެ ފަރާތުން ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ޚަރަދަކާ ނުލާ ބަލާލެވޭނެ ގޮތް ހަމަ ޖައްސައިފިއެވެ.

އަދި އެ ޕްރޮމޯޝަންގެ ދަށުން، ދިރާގުޓީވީ ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވާލެވޭ 5 ކަސްޓަމަރަކަށް ޖުމްލަ 10 ބޭފުޅުންގެ ރޯދަވިއްލުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް މިމަހުގެ 11 ވަނަ ދުވަހު ދިރާގު ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާން ކުރާނެއެވެ.

އެންމެ މަގުބޫލު ޓީވީ ޗެނަލްތައް އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ސްޓާ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %82 ގޭބިސީއަށް ދިރާގު ޓީވީ ޚިދުމަތް ފޯރުކޮށްދީފައިއެވެ.

comment ކޮމެންޓް