ވިންޑޯޒް 10 ދޫކޮށްލަންވީ ވަގުތު ޖެހިއްޖެ ހެއްޔެވެ؟

ވިންޑޯޒް 10 އިން ވިންޑޯޒް 11 އަށް ބަދަލުވާކަށް ނުވޭހެއްޔެވެ؟ ދެ އޮޕަރޭޓިން ސިސްޓަމް ގައިވެސް އެއްބާވަތްތަކެއްގެ ފީޗާތަކާއި އަދި އެއްގޮތް ޔޫޒާ އިންޓަފޭސްތަކެއް ހުންނައިރު، ކުދިކުދި ތަފާތުތަކެއްވެސް އިތުރުވެގެންދެއެވެ. ވިންޑޯޒް އަޕްގްރޭޑް ކުރުމުގައި ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ ޕީސީ އާއި ސޮފްޓްވެއާ ވިންޑޯޒް 11 އަށް ސަޕޯޓް ކުރާނެތޯ ނުވަތަ ނޫންތޯ ބެލުމެވެ.

ވިންޑޯޒް 11ގައި ބައެއް މީހުންނަށް ބޭނުންތެރި ވެދާނެ އާ ހާޑްވެއާ ފީޗާސްތަކެއް ހުރި ނަމަވެސް ވިންޑޯޒް 10ގެ ދިގު އުމުރަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މި ދެ އޮޕަރޭޓިން ސިސްޓަމްގެ ތެރެއިން ޚިޔާރު ކުރާނީ ކޮންއެއްޗެއްކަން ނިންމާއިރު ވިސްނާލަން ޖެހޭ ކަންކަން އެބަހުއްޓެވެ.

ހާޑްވެއާ އަދި ސޮފްޓްވެއާ ސަޕޯޓް ދިނުން

އިންޓެލް އާއި އޭއެމްޑީގެ x86 ޕްރޮސެސަރުތަކުގައި ވިންޑޯޒް 10 އަދި ވިންޑޯޒް 11 ވެސް ހިންގޭނެ

މިވަގުތު މައިކްރޮސޮފްޓުން ވިންޑޯޒް 11 މެޝިންތަކުގައި ޓީޕީއެމް 2.0 މޮޑިއުލެއް ހުންނަން ޖެހެއެވެ. އެއީ ދުވަސްވީ ޕީސީތަކުގައި ނުހުރެދާނެ ހާޑްވެއާ ސެކިއުރިޓީ ފީޗާސްތައް ފޯރުކޮށްދޭ މޮޑިއުލެކެވެ. މިދިޔަ ފަސް އަހަރު ތެރޭގައި އުފެއްދި ގިނަ ލެޕްޓޮޕްތަކާއި ޑެސްކްޓޮޕްތަކުގައި އެ މޮޑިއުލް ހުރި ނަމަވެސް މައިކްރޮސޮފްޓްގެ ސަޕޯޓް ޕޭޖުން ޕީސީގެ ސްޕެކްސްއަށް ސަޕޯޓް ކުރާކަން ޔަގީން ކުރަން ޖެހެއެވެ.

އެޕަލް ޔޫޒާއެއް ނަމަ، ވިންޑޯޒް 10 އިން 11 އަށް ބަދަލުވުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެޕަލްގެ ޕީސީތަކުގައި ޓީޕީއެމް މޮޑިއުލްތައް ނެތުމުން ވިންޑޯޒް 11 މަސައްކަތް ކުރުމަށް ވިންޑޯޒް ބޭނުންކުރާ ފަރާތްތަކުން އެ މޮޑިއުލް އެމިއުލޭޓް ކުރަން ޖެހެއެވެ.

މީގެ އިތުރުން އެޕަލް ސިލިކަން ޕްރޮސެސަރުތައް ބޭނުންކުރާ އާ މެކްތަކުގައި ވިންޑޯޒް 10 ބޭނުން ނުކުރެވޭނެއެވެ. ވިންޑޯޒް 10 އަދި 11 ހިންގުމަށް x86 ޕްރޮސެސަރު ބޭނުންވެއެވެ. އެއީ އިންޓެލް ނުވަތަ އޭއެމްޑީ ޗިޕެކެވެ. ވިންޑޯޒްގެ އޭއާރްއެމް ވާޝަން ހުންނަ ލެޕްޓޮޕްތައް މަޑުމަޑުން ބާޒާރަށް އަންނަން ފަށާފައިވާއިރު އެޕަލްއިން އަދި އެހާ ފުޅާ ދާއިރާއެއްގައި އެފަދަ ވާޝަންއެއް ބޭނުންނުކުރެއެވެ.

ހާޑްވެއާ އޮޕްޓިމައިޒޭޝަން

ވިންޑޯޒް 10 އަށް ރަސްމީކޮށް 2025 ވަނަ އަހަރާ ހަމައަށް ސަޕޯޓް ލިބޭނެ

އަނެއްކޮޅުން ވިންޑޯޒް 11 އަކީ ވިންޑޯޒް ޓެބްލެޓްތަކާއި އެހެނިހެން ޓަޗް ޑިވައިސްތަކަށް މާ ބޮޑަށް ޔޫޒާ ފްރެންޑްލީ އެއްޗެކެވެ. ވިންޑޯޒް 11ގައި ވާޓިކަލް އަދި ހޮރިޒޮންޓަލް މޯޑާ ދެމެދު ބަދަލުވުމަކީ ފަސޭހަ ކަމަކަށް ވާއިރު، އޭގެ އައިކަންތައް ބޮޑުވުމުން ކްލިކް ކުރަން ފަސޭހައެވެ.

ވިންޑޯޒް 11 އިންކް ސަޕޯޓް، އެއްވެސް ދަތިކަމެއް ނެތި މަސައްކަތް ކުރާނެއެވެ. ވިންޑޯޒް 10 އަކީ ޓަޗް ޑިވައިސްތަކުގައި ފުރިހަމައަށް ބޭނުންކުރެވޭ އެއްޗަކަށް ވާއިރު، ވިންޑޯޒް 11 ގެ ޑިޒައިން ހުރިހާ ގޮތަކުންވެސް މާ ފުރިހަމަވާނެއެވެ.

ގޭމަރެއް ނަމަ ވިންޑޯޒް 10އަށް ވުރެ ވިންޑޯޒް 11އިން މުހިންމު ބައެއް ކުރިއެރުންތައް ފާހަގަކުރެވޭނެއެވެ. އެގޮތުން ޑައިރެކްޓް ސްޓޯރޭޖްއާއެކު ވިންޑޯޒް 11 އިން ސެންޓްރަލް ޕްރޮސެސާ މެދުވެރިކޮށް ރޫޓް ނުކޮށް ސީދާ ސްޓޯރޭޖުން ގްރެފިކްސް ޕްރޮސެސަރަށް ގްރެފިކްސް ޑޭޓާ ލޯޑް ކުރެވޭނެއެވެ. މިއީ ޚާއްސަކޮށް ގޭމްތަކަށް ގްރެފިކްސް ޕާފޯމަންސް އިތުރުކޮށްދޭ ކަމަކަށްވާއިރު، މިއީ އެކްސްބޮކްސް ސީރީޒް އެކްސް ކޮންސޯލްގައި މައިކްރޮސޮފްޓުން ހޯދި ކުރިއެރުންތަކުން ގެންގޮސްފައިވާ ކަމެކެވެ.

ހަމައެފަދައިން މައިކްރޮސޮފްޓުން ވަނީ އެސްއެސްޑީ ސްޕީޑްސް އޮޕްޓިމައިޒް ކުރުމަށް ފާމްވެއާ އިމްޕްރޫވްމަންޓްސް ގެނެސްފައެވެ. އަދި ސްލީޕް މޯޑުން ސްޓާޓް ކުރެވޭ ސްޕީޑް އަވަސްކޮށްފައެވެ.

މައިކްރޮސޮފްޓްގެ ރިފައިންޑް ކީ ވިންޑޯ އާއި ޑިސްޕްލޭ މެނޭޖްމަންޓް

ވިންޑޯޒްގައި އަބަދުވެސް މޮޅު ވިންޑޯ މެނޭޖްމަންޓެއް އޮތް ނަމަވެސް ވިންޑޯޒް 11 އިން އެކަން އިތުރު ހަރުފަތަކަށް ގެންދެއެވެ. އޭގެ ސްނެޕް ލޭއައުޓްތަކުގެ ސަބަބުން ވަގުތުން ސްކްރީންގެ ކުއަޑްރަންޓަކަށް ނުވަތަ ތިންބައިކުޅަ އެއްބަޔަށް ވިންޑޯއެއް ސްނެޕް ކުރެވޭނީ ހަމައެކަނި އިސްކަންދޭ ލޭއައުޓްގެ މައްޗަށް ހޮވާ ކޮށްގެންނެވެ. ވިންޑޯޒް 10 އަކީ ސްޕްލިޓް ސްކްރީން ހެދުމަށް މޮޅު އެއްޗެއް ކަމުން ވިންޑޯ އެންމެ ކަނާތް ނުވަތަ ވާތް ފަރާތަށް ދަމާފައި ނަމަވެސް އެހެން ކޮންފިގްރޭޝަންތަކުގައި ވިންޑޯތައް ހޯދުމަށް ވިންޑޯތައް މެނުއަލްކޮށް ސައިޒް ކުރަން ޖެހޭނެއެވެ.

ވިންޑޯޒް 11ގައި މަލްޓިމޮނިޓަރާއި ވާޗުއަލް ޑެސްކްޓޮޕް ސަޕޯޓް ވެސް ކުރިއަށްވުރެ ރަނގަޅެވެ. ވިންޑޯޒް 11 އިން ކޮންމެ މޮނިޓަރެއްގެ ލޭއައުޓް ހަނދާން ހުންނަ ކަމުން މޮނިޓަރެއްގެ ޑެސްކްޓޮޕް ޑިސްކަނެކްޓްކޮށް ފަހުން އަލުން ގުޅާލައިފިނަމަ ރީއޮގަނައިޒް ކުރަން ނުޖެހެއެވެ.

މީގެ އިތުރުން ވިންޑޯޒް 11ގައި އެޕްތަކާއި ވިންޑޯތައް ވާޗުއަލް ޑެސްކްޓޮޕް އިން ވަކިކުރުމަކީ ޑްރެގް އެންޑް ޑްރޮޕް ޕްރޮސެސްއެއް ކަމުން މޮނިޓަރު އިންތިޒާމުކޮށް ބެހެއްޓުމަކީ ފަސޭހަ ކަމެކެވެ. މީގެ އިތުރުން ވާޗުއަލް ޑެސްކްޓޮޕްތަކުގައި ވަކިވަކިން ވޯލްޕޭޕަރުތައް ހުންނައިރު، އެ ވޯލްޕޭޕަރުތައް ބަދަލުކުރުމަކީ ޓާސްކްބާއާ އެކު ފަސޭހަ ކަމެކެވެ.

ވިންޑޯޒް 11ގެ އިންޓާފޭސް ތަންކޮޅެއް ސާފުކަމަށް ބެލެވޭ

ވިންޑޯޒް 11 ހިންގުމަށް ޓީޕީއެމް 2.0 މޮޑިއުލެއް ބޭނުންވާއިރު، މިދިޔަ 5 އަހަރު ތެރޭގައި އުފެއްދި ގިނަ ޕީސީތަކުގައި މިހާރުވެސް އެ މޮޑިއުލް ހުރޭ

ވިންޑޯޒް 11 އިން ވާޗުއަލް ޑެސްކްޓޮޕްތަކަށް ޔޫއައި ސާފުކޮށްދޭތީ ވިންޑޯޒް އޯގަނައިޒް ކުރުމަކީ އެއްވެސް ދަތިކަމެއް ނެތް ޕްރޮސެސްއެކެވެ.

ފެންނަ ފެނުމުގައި ވިންޑޯޒް 11 އިން މިކަން ރަނގަޅު ކަމަށް ފާހަގަކުރެވޭއިރު، ވިންޑޯޒް 10 ގެ އިން-ޔޫއާ-ފޭސް ޑިޒައިން އެޓިޓިއުޑަށް ހޭނިފައިވާ ޔޫޒަރުންނަށް ސްޓްރީމްލައިނިން މާ ދުރަށް ގޮސްފާނެއެވެ. އައިޓަމްތަކަށް ރަނގަޅަށް ކްލިކް ކުރުމުން އޮޕްޝަންތަކުގެ ފުރިހަމަ މެނޫއެއް ނުފެންނާނެއެވެ. އެ ހުރިހާ އެއްޗެއް ބަލާލުމަށްޓަކައި "އިތުރު އޮޕްޝަންސް"އަށް ކްލިކް ކުރަން ޖެހޭނެއެވެ.

ފައިލް އެކްސްޕްލޯރަރގައި ކޮޕީކުރުމާއި، ޕޭސްޓްކުރުމާއި، ނަން ބަދަލުކުރުމުގެ ހުރިހާ އެއްޗެއްގެ ބަދަލުގައި (އޭގެ ކޮމާންޑް ނަމުގެ ބަދަލުގައި) އައިކޮންތައް ޖަހާފައިވެއެވެ.

ވިންޑޯޒް 11 ގައި ޓާސްކްބާ ސެންޓަރުގައި ހުންނައިރު، ސްޓާޓް މެނޫއިން ޕިންކޮށްފައިވާ އެޕްތަކާއި ސަޖެސްޓްކޮށްފައިވާ އެޕްތައް ފެންނާނެއެވެ. ސަރޗް ބާރ ޑިފޯލްޓްކޮށް ނުދައްކާއިރު، އަދި ހަމަ މިކަހަލަ އެހެން ވަރަށް ގިނަ ޓްވީކްތައް ވެސް އެބަހުއްޓެވެ.

ވިންޑޯޒް 10 ގެ ހުރިހާ ފަންކްޝަނަލިޓީއެއް އަދިވެސް އެ ވާޝަންގައި ހުރި ނަމަވެސް، މުޅި އޮޕަރޭޓިން ސިސްޓަމްގައި އެންމެ ގިނައިން ބޭނުންކުރާ ނުވަތަ ބޭނުންވާ ކޮމާންޑްތަކަށް ބަލާއިރު، ވީންޑޯސް 10 އަށްވުރެ ވިންޑޯޒް 11 ގައި ހުންނަނީ މާބޮޑަށްފޮރުވިފައެވެ.

ދެ ވާޝަނަށް ވެސް ފުރިހަމައަށް މައިކްރޯ ސޮފްޓުން ސަޕޯޓް ލިބޭނެ

ވިންޑޯޒް 10 އަށް ރަސްމީކޮށް މަދުވެގެން 2025 ވަނަ އަހަރާ ހަމައަށް ފުލް ސަޕޯޓާއި އަޕްޑޭޓް ލިބޭނެ އެވެ. ވިންޑޯޒް 11 އަކީ މައިކްރޮސޮފްޓުން އިސްކަންދޭ ކަމެއް ނަމަވެސް، ދެ އޮޕަރޭޓިން ސިސްޓަމް ވެސް ގަވާއިދުން އަޕްޑޭޓް ކުރަނީ އާ ފީޗާސްތަކާއި ބަގް ފިކްސްތަކާއި ރަނގަޅު ހާޑްވެއާ އޮޕްޓިމައިޒޭޝަން އާއި ސެކިއުރިޓީ ރަނގަޅު އަދި އެހެނިހެން ކަންކަމެވެ.

ވިންޑޯޒް 11 ގައި ބައެއް އަޕްޑޭޓް ފީޗާސްތައް ހުރި ނަމަވެސް ދުވަހުން ދުވަހަށް ބޭނުންކުރުމުގައި މި ދެ އޮޕަރޭޓިން ސިސްޓަމް ވަރަށް އެއްގޮތް ކަމުގެ އިހުސާސް ކުރެވޭއިރު އެކަތި އަނެކެތީގެ %99 ފަންކްޝަނަލިޓީ ހިއްސާ ކުރެވެއެވެ. އެހެންކަމުން ތިބާ ޙަޤީޤަތުގައިވެސް ބަދަލުވާން ޖެހޭނީ ތިބާއަށް އެންމެ އަރާމު ޔޫޒަރ އިންޓަރފޭސް ލިބިފައިވާ އޮޕަރޭޓިންގ ސިސްޓަމަށެވެ.

އަވަހަށް އަޕްގްރޭޑް ކުރަން ޖެހޭނީ ކޮންބައެއް ހެއްޔެވެ؟

ވިންޑޯޒް 11 ހިންގުމަށް ޓީޕީއެމް 2.0 މޮޑިއުލެއް ބޭނުންވާއިރު، މިދިޔަ ފަސް އަހަރު ތެރޭގައި އުފެއްދި ގިނަ ޕީސީތަކުގައި މިހާރުވެސް އެ މޮޑިއުލް ހުރެއެވެ.

ޓަޗް ޑިވައިސްއެއް އޮތްނަމަ ނުވަތަ ގިނައިން ގޭމިން ކުރާނަމަ ވިންޑޯޒް 11 އަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވެއެވެ. ނަމަވެސް ވިންޑޯޒްގެ މައިގަނޑު ފަންކްޝަނަލިޓީ ދެ ވަރޝަންގައި ވެސް އެއްގޮތް ކަމަށްވާއިރު، ވިންޑޯޒް 10 އިތުރު ދެތިން އަހަރު ދުވަހު ވެސް ފުރިހަމަ އަޕްޑޭތަކާއެކު ލިބޭނެ ކަމަށްވެއެވެ.

އާންމު އޮޕަރޭޝަންތަކަށް ވިންޑޯޒް 11 މާ އޮމާން ނަމަވެސް ބެޓެރީ ލައިފް މެނޭޖްމަންޓް ނުވަތަ ޑިސްޕްލޭ ރިފްރެޝް ރޭޓް ފަދަ ޒަމާނީ ފީޗާސްތަކަށް ވާސިލްވުމަށް އިތުރު ފިޔަވަޅުތަކެއް އަޅައެވެ. ވިންޑޯޒް 10 ން އިސްކަންދެނީ ހުރިހާ އެއްޗެއް ސްކްރީނުގައި ބެހެއްޓުމަށް ކަމަށްވާއިރު، އެއީ ހޯދަން ބޭނުންވާ އެއްޗެއް ނޭނގޭނަމަ އުނދަގޫ ކަމުގެ އިހުސާސް ކުރެވޭނެ ކަމެކެވެ. އެހެންކަމުންއޭގެ ވިންޑޯ އާއި ޑެސްކްޓޮޕް ލޭއައުޓްތައް ތަންފީޒު ކުރުމަކީ އެހާ ފުރިހަމަ ފީޗާސް ތަކެއް ނޫނެވެ.

ޕީސީ އިން ވިންޑޯޒް 11 އަށް ސަޕޯޓް ނުކުރާނަމަ އިތުރު އޯލްޓަނޭޓިވް ގޮތްތައް ހޯދައިގެން އާ އޯއެސް އަށް އަޕްގްރޭޑް ކުރަން ޖެހޭ ސަބަބެއް ނެތެވެ. އެއީ ވިންޑޯޒް 11 ރަންކުރެވޭނެ ޕީސީއެއްނަމަ އެންމެ ރަނގަޅު ގޮތަކީ ތިބާ ޝައުގުވެރި ވާނަމަ ފުރިހަމަ އިންޓަރފޭސް އާއި އެކު އާ އޯއެސް އަށް ހިޖުރަ ކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު