ވައްކަމުގެ މައްސަލައެއްގައި ތިން މީހަކު ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

ވައްކަމުގެ މައްސަލައެއްގައި ފުލުހުން ހޯދާ ތިން މީހުން -- ފޮޓޯ/ ޕޮލިސް

ވައްކަމުގެ މައްސަލައެއްގައި ތިން މީހަކު ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދި، ފުލުހުން ވީޑިއޯ އާއްމު ކޮށްފިއެވެ.

އެ ވީޑިއޯއިން ފެންނަނީ މަގުމަތީން ހިނގާފައިދާ ތިން ފިރިހެނުންނެވެ. ހިނގާފައިދަމުން އޭގެ ތެރެއިން އެކަކު ހުއްޓުމަށްފަހު، ގުދުވެ، ބިންމަތިން ކޮންމެވެސް އެއްޗެއް ނަގައި ދެކޮޅު ބަލައިލުމަށްފަހު، ސޯޓުގެ ޖީބަށް ލައިގެން އަނެއްކާވެސް އަނެއް ދެމީހުންނާއެކު ކުރިއަށް ހިނގައިގަނެއެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަނީ ވައްކަމުގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީ ޕޮލިހުން ކުރަމުން އަންނަ ތަހުގީގަކަށް ހޯދަން ބޭނުންވާ ތިން މީހުން ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ އެމީހުން ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ހޮޓްލައިން ނަންބަރު 9791382އަށް ގުޅުމަށްފަހު، އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް