ދެވަނަ މެޗުގައި ބިލެއްދޫން ނިިލަންދޫ ވެސް ބަލިކޮށްފި

މިއަދު ބިލެތްދޫ އާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / ވީއޭޭއެމް

ފ. އަތޮޅުގައި މިހާރު ކުރިއަށްދާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ބިލެއްދޫން ކާމިޔާބުކޮށްފިއެވެ.

ފ. މަގޫދޫ ރަސްމީ ވޮލީ ކޯޓުގައި ކުޅުނު މި މެޗު ބިލެތްދޫން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް ބިލެއްދޫން ކާމިޔާބުކުރީ 25-19، 25،14 އަދި 25،16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބިލެތްދީ ޓީމުގެ ޢަބްދުﷲ ޝަރީފެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި ބިލެއްދޫން ވަނީ ދަރަނބޫދޫ ވެސް ބަލިކޮށްފައެވެ. އެ މެޗު ވެސް ބިލެއްދޫން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ތިން ސެޓު ވެސް ބިލެތްދޫން ގެންދިޔައީ 25-16 އިންނެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބިލެއްދޫ ޓީމުގެ އަޙްމަދު ނާފިޢުއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ ނިލަންދޫން ނިކުންނާނީ ދަރަނބޫދުއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި މި ދެ ޓީމުވެސް ވަނީ ބަލިވެފައެވެ. އެހެންކަމުން މިރޭގެ މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށް ވާނެއެވެ.

މިއީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށާއި އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގެނައުމުގެ އިތުރުން އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ޔޫތު މިނިސްޓްރީއާއި ވީއޭއެމް އިން ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ މުބާރާތެއް ކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް ޢަލީ އަޝްރަފް ވިދާޅުވެއެވެ.

comment ކޮމެންޓް