ތާޒާ ފެނާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަ: އެމްޑަބްލިއުއެސްސީ

މީހަކު ފިހާރައަކުން ތާޒާ ފެންފުޅިތަކެއް ގަންނަނީ -- ސަން ފައިލް ފޮޓޯ

އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުނި، އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް އިން އުފައްދާ ތަޒާ ފެނާ ގުޅޭގޮތުން މީސް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މަރުވެފައި އޮތް ކާޅެއް އެމްޑަބްލިއުއެސްސީގެ ތާނގިއަކުން ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ.

އެމްޑަބްލިއުއެސްސީން ބުނީ ތާޒާ ފެނުގެ ކޮންމެ ބެޗެއް 24 ގަޑިއިރު ވަންދެން މާކެޓަށް ނުނެރެ ބަހައްޓާ ކަމަށެވެ. އަދި ކޮލިޓީ ކަށަވަރުނުކޮށް ތާޒާ ފެނުގެ އެެއްވެސް ބެޗެއް ބާޒާރަށް ނެރެފައި ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތާޒާ ފެނުގެ ކޮންމެ ބެޗެއްވެސް ނެރެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ބައިނަލް އަޤްވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ތާޒާ ފެން އުފައްދާ ކާރުޚާނާއަކީ އައިއެސްއޯ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އަދި ފުޑް އެންޑް ސޭފްޓީ ސްޓޭންޑާ ސެޓިފައިޑް ކާރުޚާނާއެއް ކަމަށެވެ.

comment ކޮމެންޓް