އަލިފާނުގެ ހާދިސާއާ ގުޅިގެން 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ހ.ނޫއަލިގޭގައި ހުރި ބިލްބޯޑެއްގައި ރޯވި ހާދިސާއާ ގުޅިގެން 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި 10 މީހުންނަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާ ހިނގީ މިއަދު 08:55 ހާއިރުއެވެ. ސިފައިން ކުރި މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރުއެވެ.

އެ ސަރަހައްދުގައި ހުރި މީހަކު "ސަން"އަށް ބުނީ އެ ބޯޑުގައި ރޯވެ، ގޭގެ އެތެރެއަށް ވެސް އަލިފާންގަނޑު ފެތުރިފައިވާކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ހާދިސާގައި އެ ގެއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް