މާދަމާ މާލޭގައި 85 ކައިވެނި، ވަރީގެ 18 މައްސަލަ

ކުރެވުނު ކައިވެންޏެެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ އެންމެ ރީތި އެއް ތާރީޚު މާދަމާ އަންނައިރު މާލޭގައި 85 ކައިވެންޏެއް ކުރަން ތާވަލް ކޮށްފިއެވެ.

މާދަމާގެ ތާރީހަކީ 22.02.2022 އެވެ. ރީތި ތާރީހުތަކުގައި މީހުންނާ އިނުމަކީ ރާއްޖޭގައި އިސްކަންދޭ ކަމެކެވެ.

ފެމެލީ ކޯޓުން މިއަދު ބުނީ މާދަމާ މާލޭގައި ކޯޓުގައި 46 ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 39 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ މިއަހަރު މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރާ ދުވަސް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭ ގިނަ ރަށްތަކުގައި ވެސް މާދަމާ ކައިވެނިތައް އޮވެއެވެ.

މިމަހު ދެން އައި އެންމެ ރީތި ތާރީހަކީ 02.02.2022 އެވެ. އެ ދުވަހު މާލޭގައި ވަނީ 39 ކައިވެނި ކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ރީތި ތާރީހެއްކަމަށްވާ 21.12.2021ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.

comment ކޮމެންޓް