ރާއްޖެއިން މިއަދު ވެސް 2،510 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލެ ސިޓީގެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޓެސްޓްކުރި 7،061 ސާމްޕަލްގެ ތެރެއިން އަނެއްކާ ވެސް 2,510 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ނެގި 3،372 ސާމްޕަލްގެ ތެރެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 1،203 މީހުންނެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުން 788 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 41 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ސަފާރީތަކުން މިއަދު އަލަށް ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 130،599އަށް އަރާފައެވެ.

އެކްޓިވް ކޭސްތައް، 17،777 ގައި ހުރިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 49 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 274 މީހުންނެވެ.

comment ކޮމެންޓް