އުމުރުން 106 އަހަރުގެ ދިވެެއްސަކު ނިޔާވެއްޖެ، ކޮވިޑަށް ޕޮޒިޓިވް

އުމުރުން 106 އަހަރުގެ ނިޔާވި ޏ. ފުވައްމުލަކު، ފަތަނގުމާގޭ އަލީ ސުލައިމާން---

ރާއްޖޭގައި ތިބި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ހިމެނޭ މީހަކު ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ނިޔާވެފައިވަނީ ޏ. ފުވައްމުލަކު، ފަތަނގުމާގޭ އަލީ ސުލައިމާންއެވެ. އޭނާ މަރުވިއިރު އުމުރަކީ 106 އަހަރެވެ.

އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗަށް ގެންގޮސް ހެދި ކޮވިޑް ޓެސްޓުތަކުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް މިއީ ކޮވިޑް މަރެއްގެ ގޮތުގައި މިހާތަނަށް އެޗްޕީއޭއިން ނިންމައިފައެއް ނުވެއެވެ.

އަލީ ސުލައިމާންގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ފަހު 13:15 ގައި ހުޅުމާލެ ސަހަރާގައެވެ.

އަލީ ސުލައިމާން ނިޔާވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވަވައިފައެވެ.

މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ މީހާއެވެ. މީގެ ކުރިން އެންމެ އުމުރުން ދުވަސްވީ މީހަކަށް ނިޔާވެފައިވަނީ 102 އަހަރުގެ ދިވެއްސެކެވެ.

ރާއްޖެއިން މިހާތަނަށް 274 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް