އެއާޕޯޓަށް ފުރަންގޮސް ހުރި ޓޫރިސްޓަކު މަރުވެއްޖެ

އެއާޕޯޓްގައި ޓޫރިސްޓުތަކެއް ހަރަކާތްތެރިވަނީ: ސަން ފައިލް ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ހުރި ޓޫރިސްޓަކު ހާޓް އެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނިގޮތުގައި މަރުވެފައި ވަނީ އިނގިރޭސި ވިލާތުގެ ފިރިހެނެކެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު "ސަން"އަށް ވިދާޅުވީ މިއަދު ހެނދުނު އެ ޓޫރިސްޓް މީހާ މަރުވީ އެއާޕޯޓްގެ ސްމޯކިން އޭރިއާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

"ހާޓްއެޓޭކެއް ޖެހުމުން އެއާޕޯޓްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ،" ޝަމްއާން ވިދާޅުވިއެވެ.

މަރުވި މީހާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް