މިދިޔަ އަހަރު 2399 ކައިވެނިކުރި އިރު ދެބައިކުޅު އެއްބަޔަށް ވަރި

ފެމެލީ ކޯޓު: މިދިޔަ އަހަރު ފެމެލީ ކޯޓުން ކުރި ކައިވެނީގެ ދެބައިކުޅަ އެއްބަޔާ ގާތަށް ވަރިކޮށްފައިވޭ ----

މިދިޔަ އަހަރު 2399 ކައިވެނި ފެމެލީ ކޯޓުން ކޮށްދީފައިވާއިރު އޭގެ ދެބައިކުޅަ އެއްބަޔާ ގާތަށް ވަރިކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު 2399 ކައިވެނި ފެމެލީ ކޯޓުން އަގުދު ކޮށްދީފައިވާއިރު ރަޖިސްޓްރީކޮށްދިން ވަރީގެ އަދަދު ހުރީ 1192ގައެވެ.

އެހެން ކަމުން މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް ނިސްބަތުން ހަ ކައިވެނިކޮށްފައިވާއިރު ދުވާލެއްގެ މައްޗަށް ނިސްބަތުން ކުރި ވަރީގެ އަދަދަކީ ތިނެކެވެ.

ފެމެލީ ކޯޓުގައި މިދިޔަ އަހަރު 1192 ވަރިކޮށްފައިވާއިރު, އެއީ މި ފަހުން އެ ކޯޓުގައި އެއް އަހަރެއްގައި އެންމެ މަދުން ވަރި ރަޖިސްޓްރީ ކުރި އަހަރެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތެރެއިން މުޅި ރާއްޖޭގައި ކުރި ވަރީގެ އަދަދު އެންމެ މަދީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ކުރި ވަރީގެ އަދަދަކީ 2984 އެވެ. އޭގެ ކުރީގެ ނުވަ އަހަރު ވެސް މުޅި ރާއްޖޭގައި ކުރި ވަރީގެ އަދަދު 3000 އަށް ވުރެން އިތުރެވެ.

ރާއްޖެއަކީ އާބާދީއަށް ބަލާއިރު މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ. ރާއްޖޭގެ ވަރީގެ ނިސްބަތް ހުރީ 10.97 ރޭޝިއޯ ގައެވެ.

comment ކޮމެންޓް