ލިވަޕޫލްގެ ކުޅުންތެރިންތަކެއް ރާއްޖޭގައި

ވެން ޑައިކް އަދި ހެންޑާސަން — ފޮޓޯ / ސޯޝަލް މީޑިއާ

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ގަދަ ބާރު ކަމުގައިވާ ލިވަޕޫލްގެ ކުޅުންތެރިންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ ރާއްޖެ އައިސްފައިވަނީ އެ ޓީމުގެ އެލެކްސެންޑްރާ އާނޯލްޑާއި ހެންޑާސަން އަދި ވާޖިލް ވެން ޑައިކްއެވެ.

މި ކުޅުންތެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރެއިން އާނޯލްޑް ހުންނަނީ ސޮނޭވާގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހެންޑާސަން އާއި ވެން ޑައިކް ތިބޭނީ ރީތި ރަށުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކުޅުންތެރިން ރާއްޖެ އައިސްފައިވާއިރު، މިހާރުވެސް ޕްރިމިއާ ލީގުގެ މެޗުތައް ދަނީ ކުޅެމުންނެވެ. މި ކުޅުންތެރިންގެ ތެރެއިން ވެން ޑައިކް ވަނީ ޕްރިމިއާ ލީގުގައި މި ސީޒަންގައި ދެ ލަނޑު ޖަހާފައެވެ.

މީގެ އިތުރުން ހެންޑާސަންވެސް ވަނީ ޕްރިމިއާ ލީގުގައި ދެ ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެއް ލަނޑު ޖަހާފައެވެ. އަދި އާނޯލްޑުވެސް ވަނީ ޕްރިމިއާ ލީގުގައި ދެ ލަނޑު އަދި ޗެމްޕިއަންސް ލީގުގައި އެއް ލަނޑު ޖަހާފައެވެ.

comment ކޮމެންޓް