ހަނގުރާމަވެރި ތަނެއްގައި އުފަންވި ދެކުދިންގެ މަންމައަކީ ދިވެއްސެއް ކަމަށް ފުރަތަމަ ފަހަރަށް ކަނޑައަޅައިިފި

ފެމެލީ ކޯޓު: ހަނގުރާމަވެރި ތަނެއްގަ އުފަންވި ދެކުދިންގެ މަންމައަކީ ދިވެއްސެއް ކަމަށް ފުރަތަމަ ފަހަރަށް ވަނީ ކަނޑައަޅާފައި ---

ރާއްޖެއިން ބޭރުގައި ކުރިއަށްދިޔަ ހަނގުރާމައެއްގެ ތެރޭގައި އުޅެނިކޮށް ލިބުނު ދެ ކުދިންގެ މަންމައަކީ ދިވެއްސެއް ކަމަށް ފެމެލީ ކޯޓުން ފުރަތަމަ ފަހަރަށް ކަނޑައަޅައިފިއެވެ.

ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ އުސޫލު ގެޒެޓްކޮށްފައިވަނީ އިއްޔެއެވެ. އެއާ އެކު އެ އުސޫލަށް އަމަލުކުރަން ވަނީ ފަށައިފައެވެ.

ސީރިއާގެ ހަނގުރާމަ ހިނގަމުންދިޔަ ސަރަހައްދެއްގައި އުޅުނު އަންހެނަކަށް ލިބިފައިވާ ދެ ކުދިންގެ މަންމައަކީ އޭނާ ކަމަށް ކަނޑައެޅުމަށް ފެމެލީ ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ވަނީ ގޮތެއް ނިންމާފައެވެ.

އެކަމާ ގުޅޭ ގޮތުން ފެމެލީ ކޯޓުގެ ރެޖިސްޓްރާ އަހްމަދު ނަޝީދު 'ސަން' އަށް ވިދާޅުވީ, ހަނގުރާމަވެރި ސަރަހައްދެއްގައި އުޅުނު ދިވެހި އަންހެނަކަށް ލިބިފައިވާ ދެ ދަރިންގެ މަންމަ ސާބިތު ކުރުމަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ އަންހެން މީހާއާ އެއްކޮޅަށް ކަމަށެވެ.

އެގޮތުން އަންހެން ދެ ކުދިންގެ މަންމަ އަކީ އޭނާ ކަމަށް ފެމެލީ ކޯޓުން ނިންމާފައިވަނީ ޑީއެންއޭ އަޅާ ކިއުމަށްފަހުގައި ކަމަށެވެ. އަދި ޑީއެންއޭ ރިޕޯޓް ހެދި މީހާގެ ހަކިބަހުގެ އިތުރުން އެހެން ހެކިތަކަށް ވެސް ރިއާޔަތްކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނަށް ލިބޭ ދަރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވާނަމަ އެކުދިން ރާއްޖޭގައި ރަޖިސްޓްރީވުމަށް އިއްޔެ އާންމުކުރި އުސޫލުގައި ވަނީ ބުނެފައެވެ.

ކޯޓުން ގޮތެއް ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތް ކުރަން ޖެހެއެވެ. އެކަމުގައި އަމަލުކުރަން ޖެހޭ ގޮތާ އެހެން ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާ ތަފާތެއް ނެތެވެ. ނަމަވެސް ފޯމާއެކު ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓް ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް