ކޮވިޑު ވެކްސިންގެ ދިރާސާއަކަށް ގެންގުޅުނު ރާމާމަކުނެއް ފިލައިފި

ގެއްލިގެން އުޅޭ ރާމާމަކުނު

ކޮވިޑް-19 ވެކްސިން ދިރާސާއަކަށް ގެންގުޅު ރާމާމަކުނެއް ފިލައިފިއެވެ.

އެމެރިކާގެ ޕެންސަލްވޭނިއާއިން ފްލޮރިޑާއަށް ދަތުރުކުރަމުން ދިޔަ ޓްރެއިލަރެއް ކުނިނަގާ ވެހިކަލަކާ އެކްސިޑެންޓުވެ، އެ ޓްރެއިލަރުގައި ތިބި 100 ރާމާމަކުނުންގެ ތެރެއިން ހަތަރު ރާމާމަކުނު ވަނީ ފިލާފައެވެ.

އެމެރިކާ ސިފައިން ވަނީ ގެއްލުނު ހަތަރު ރާމާމަކުނުގެ ތެރެއިން ތިން ރާމާމަކުނު ހޯދާފައެވެ. ނަމަވެސް އަދިވެސް އެއް ރާމާމަކުނު ނުފެނޭކަމަށް އެ ގައުމުގެ ސިފައިން ބުނެއެވެ.

ކޮވިޑު ވެކްސިނާ ގުޅޭ ދިރާސާއަކަށް ގެންގުޅޭ މި ރަމާމަކުނުތަކަށް ވަރަށް ޑިމާންޑު އޮވެއެވެ.

އެމެރިކާގެ އިދާރާތަކުން ވަނީ ގެއްލިގެން ހޯދާ ރާމާމަކުނު ފެނުނަސް އެއާ ކައިރި ނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ރާމާމަކުނު ހިފައި، އެއާ ގާތް ނުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރާމާމަކުނު ގެންދިޔަ ޓްރެއިލަރާ ކުނިނަގާ ވެހިކަލަކާ ޖެހި ހިނގި މި އެކްސިޑެންޓުގައި އެއްވެސް ބަޔަކަށް އަނިޔާއެއް ނުވެއެވެ.

comment ކޮމެންޓް