ފަރުދީ ޒިންމާއަށް ފަރުވާތެރިވޭ، މާލެއިން މިއަދު އަނެއްކާ ވެސް 1،325 ޕޮޒިޓިވް

މާލެއިން ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތުވީ 24 ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރި 3،635 ސާމްޕަލްގެ ތެރެއިން އަނެއްކާ ވެސް 1،325 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖެއިން މިއަދު އަލަށް ޕޮޒިޓިވް ވެފައިވަނީ 2349 މީހުންނެވެ.

މީގެ ތެރޭގައި އަތޮޅުތެރޭގެ ރަށްރަށުން 681 މީހުން އަލަށް ޕޮޒިޓިވްވީއިރު ރިސޯޓުތަކުން 54 މީހަކު ޕޮޒިޓިވްއެވެ.

ސަފާރީތަކުން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 114،977އަށް އަރާފައެވެ.

އެކްޓިވް ކޭސްތައް، މިވަގުތު 13،035 ގައި ހުރިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 48 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 269 މީހުންނެވެ.

އެޗްޕީއޭއިން އިލްތިމާސް ކުރަނީ މި ހާލަތުގައި ގިނަ މީހުން އެއްތާކަށް ޖަމާވެގެން ކުޅޭ ކުޅިވަރުތަކާއި އެ ފަދަ ހަފްލާތައް ވެސް ނުބޭއްވުމަށެވެ.

މީގެ އިތުރުން ގިނައިން މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށާއި އަދި އަނގައާއި ނޭފަތް ނިވާވާ ގޮތަށް ރަނގަޅަށް މާސްކު އެޅުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް