ކާޑެއްދޫ ޖެޓީ ވެއްޓި އަރާފޭބުމަށް ދަތިތަކެއް

ކާޑެއްދޫ ޖެޓީ ވެއްޓިފައި ----

ރާއްޖޭގެ އެންމެ ދުވަސްވީ ސަރަހައްދީ އެއާޕޯޓު ހުންނަ ކާޑެއްދޫގެ މައި ޖެޓީ ވެއްޓި އެ ރަށަށް އަރައިފޭބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޖެޓީއަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އެތަނުގެ ބައެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން ދާދި ފަހުން ވަނީ ބަންދުވެސް ކޮށްފައެވެ.

ރީޖަނަލް އެއާޕޯޓްސްގެ ރީޖަނަލް ޑިރެކްޓަރު ސައުދުﷲ އަހްމަދު "ސަން" އަށް ވިދާޅުވީ, ކާޑެއްދޫއަށް އަރާ ފޭބުމަށް ބޭނުންކުރާ މައި ޖެޓީ ވެއްޓިފައިވަނީ މިއަދު ހެނދުނު ކަމަށާއި އެކަމުގެ ސަބަބުން އެ ރަށަށް އަރާފައިބާ ފަތުރުވެރިންނާ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މީގެ ދެމަހެއްހާ ކުރިން އަޅުގަނޑުވާނީ މިނިސްޓްރީއަށްވެސް އަދި ޓްރާންސްޕޯޓަށް ވެސް މިކަމުގެ ފުލް ރިޕޯޓަކާ އެކު ލިޔެފަ. މިނިސްޓްރުގެ ސަމާލުކަމަށް ވެސް ގެނައިސްފަ. އެހެން ހުއްޓާ މިއަދު ހެނދުނު ޖެޓީ ވެއްޓުނީ," ސައުދުالله ވިދާޅުވިއެވެ.

https://sun.mv/161184

މީގެ ތިރީހަކަށް އަހަރު ކުރިން އެ އެއާޕޯޓް ހުޅުވިއިރު އެޅި ޖެޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ސައުދުالله ފާހަގަކުރެއްވިއެވެ. އަދި އެ އެއާޕޯޓަށް މީގެ ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓްގެ ގޮތުގައި ފާހަގަވެފައިވާ ކާޑެއްދޫ އެއާޕޯޓަށް އަރާފައިބާ މައި ޖެޓީ ވެއްޓިފައިވާއިރު އެކަމަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް މިއަދު އެމްޓީސީސީން ފަށާފައިވާ ކަމަށް ސައުދުالله ވިދާޅުވިއެވެ.

ޖެޓީ ހަލާކުވާން މެދުވެރިވީ ބަނދަރުގެ ފާރުގެ ދަށުން މޫދަށް ވެލިގަނޑު ދަމައިގަންނާތީ ކަމަށް ވެސް ސައުދުالله ވިދާޅުވިއެވެ.

ކާޑެއްދޫގެ ބަނދަރު އަލުން މަރާމާތުކުރުމަށް ބޭނުންވާ ދިރާސާ އެއް ހެދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އެމްއާރުޑީސީއާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުގައި އޮތް ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ނިންމުމާ އެކު މަރާމާތުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

comment ކޮމެންޓް