ޕެޕޭ ރެސްޓޯރެންޓުން ސަބްމެރިން އެއް ކާލައިގެން ދުބާއީއަށް ދިއުމުގެ ފުރުސަތު

ޕެޕޭ ރެސްޓޯރެންޓުން ވިޔަފާރިކޮށްގެން ދުބާއީއަށް ދިއުމުގެ ފުރުސަތު --- ފޮޓޯ/ ޕެޕޭ

ދިވެހީންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޕެޕޭ ރެސްޓޯރެންޓުން ސަބްމެރިންއެއް ކާލައިގެން ދުބާއީ ދަތުރަކާއި އަދި އެހެން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓު ލިބޭއިރު، ދެވަނައަށް ދާ މީހަކަށް ދިނުމަށް ހަމަޖެހިފައިވަނީ ނެސްޕްރެސޯ ކޮފީ މެޝިނެކެވެ. އަދި ތިންވަނައަށް ދާ މީހަކަށް 1500 ރުފިޔާގެ ބީއެމްއެލް ގިފްޓް ވައުޗާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އޮކްޓޫބަރު މަހު ހުޅުވި ޕެޕޭ ރެސްޓޯރެންޓަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ރެސްޓޯރެންޓެކެވެ. މިހާރުވެސް އެ ރެސްޓޯރެންޓަށް ދާ ގިނަ ކަސްޓަމަރުންނަކީ ތަކުރާރުކޮށް އަންނަ މީހުން ކަމަށް ޕެޕޭއިން ބުނެއެވެ.

ޕެޕޭ ރެސްޓޯރެންޓް، މިތަން ހުންނަނީ ގަލޮޅު ރަށްދެބައިމަގު، ބޮޑުފެންވަޅުގޭގައި

ޕެޕޭއިން ބުނީ އެ ރެސްޓޯރެންޓު ހުޅުވުމުގެ މަގުސަދަކީ ސަބްމެރިންއަށް ލޯބިކުރާ ފަރާތްތަކަށް މީރު ސަބްމެރިންއެއްގެ ރަހަ ފޯރުކޮށްދިނުމެވެ. އަދި މިވަގުތު އެ ރެސްޓޯރެންޓު ހާއްސަ ކުރެވިފައިވަނީ ހަމައެކަނި ސަބްމެރިންއަށް ކަމަށާއި، އެއީ ތަނުގެ ފެންވަރާއި ކޮލިޓީ ހިފެހެއްޓުމަށް ނިންމި ނިންމުމެއް ކަމުގައިވެސް އެ ރެސްޓޯރެންޓުން ބުނެއެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި ސަބްމެރިންގެ އިތުރުން ޕިއްޒާ ވެސް ތައާރަފު ކުރާނެކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ.

ޕެޕޭ ރެސްޓޯރެންޓުން ކަސްޓަމަރަކު ހިދުމަތް ހޯދަނީ

ޕެޕޭގެ ރެސްޓޯރެންޓެއް މިހާރު ހުންނަނީ ގަލޮޅު ރަށްދެބައިމަގު، ބޮޑުފެންވަޅުގޭގައި އެކަންޏެވެ. މި ވަގުތު ބޮޑަށް ޓޭކްއަވޭއަށާއި ޑެލިވަރީއަށް ހާއްސަކޮށްގެން ހިދުމަތް ދެމުން ދިޔަޔަސް ކުރިމަގުގައި އިތުރު އައުޓްލެޓުތައް ހުޅުވުމަށް ނިންމާފައިވާ ކަމަށް ޕެޕޭއިން ބުންޏެވެ.

މާލޭގެ ކޮންމެތަނަކަށް ވެސް 30 މިނެޓުގެ ތެރޭ ޑެލިވަރީގެ ހިދުމަތް ދޭ ޕެޕޭގެ ޑެލިވަރީއަށް ގުޅާނީ 7573773 އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު