ދިރާގު ޕްރީޕެއިޑްގެ "އޯލް އިންކްލޫސިވް ކޮމްބޯ" ޕްލޭނާއެކު ނައިޓް އެލަވަންސް ޑޭޓާ ތައާރަފުކޮށްފިއެވެ.
މި ޕްލޭނުގެ ދަށުން ލިބޭ ނައިޓް އެލަވަންސް ޑާޓާ ބޭނުން ކުރެވޭނީ މެންދަމުން އަލިވެ އެކަކުން ފެށިގެން ހެނދުނު ހަތެއް ޖެހުމާ ހަމައަށެވެ.
އަދި ސްޓްރީމް ކުރުމަށާއި، ޗެޓް ކުރުމަށާއި، ސޯޝަލް މީޑިއާއަށް ވަކިން ހިލޭ ޑާޓާ ލިބޭނެއެވެ. ދިރާގުން ބުނި ގޮތުގައި ވަކިވަކިން އެޑްއޮންތައް ނުނަގައި މި ހުރިހާ ކަމެއް އެއް ޕްލޭނެއްގެ ދަށުން ވުމަކީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
ދިރާގުގެ އޯލް އިންކްލޫސިވް ކޮމްބޯ އަކީ ދިރާގު ޕްރިޕެއިޑް އަދި "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެކެވެ.
މިއީ 250 ރުފިޔާއަށް ލިބޭ ޕްލޭނެކެވެ. މި ޕްލޭން ދިރާގު އެޕް މެދުވެރިކޮށް ނެގޭނެއެވެ. އަދި 343ކަށް މެސެޖެއް ކޮށްލައިގެން ވެސް އެކަން ކުރެވިދާނެއެވެ.
ދިރާގުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ގިނަ ހިދުމަތްތަކެއް ތައާރަފު ކުރެވޭނެކަމަށެވެ. އަދި މިއީވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން ތައާރަފުކުރެވުނު ޕްލޭނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.