އެޑްވަޓޯރިއަލް: ރައްޔިތުންގެ ކުންފުނީގެ މާލިމީ އާޒިމްގެ ކާމިޔާބު ދެ އަހަރު

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް --- ފޮޓޯ/ އެމްޓީސީސީ

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ވުޖޫދަށް އައި ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ލިސްޓެޑް ކުންފުނި އެމްޓީސީސީ އަކީ މިއަދާއި ހަމައަށް އައިރު ތަފާތު އެކި ހަރުފަތްތައް ގިރާކޮށް، ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުން އަންނަ ކުންފުންޏެކެވެ.

ކުންފުނީގެ ދިގު ތާރީހަށް ބަލާލާއިރު، މިއަދު މި ކުންފުނި ދަތުރުކޮށްފައިވާ ހިސާބަށް ގެނެސްދިނުމުގައި އިސްދައުރެއް އަދާކޮށްދިން އެކި ބޭފުޅުން އެބަތިއްބެވެ. ނިމިގެންދިޔަ 2021 ވަނަ އަހަރު ކުންފުންޏަށް 41 އަހަރު ފުރުމުގެ މުނާޞަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައިވާއިރު، 3000 އަށް ވުރެ ގިނަ މުވައްޒަފުން ގޮވައިގެން ރޭވުންތެރިކަމާއި، ވިސްނުންތެރިކަމާއެކު ކުންފުނި ހިންގުމުގެ މޭސްތިރިއަކަށް މިއަދު ހުންނެވީ ސީއީއޯ އާދަމް އާޒިމެވެ. މިއަދަކީ ކުންފުނީގެ ސީއީއޯގެ މަޤާމުގައި އާޒިމް ހުންނަވާތާ 2 އަހަރު ފުރޭ ފަޙުރުވެރި ދުވަހެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ކުންފުނީގެ ސީއީއޯގެ މަޤާމަށް އައްޔަން ކުރެވުނު ހިސާބުން ފެށިގެން، އެމްޓިސީސީ އަކީ ރާއްޖޭގެ އެފަދަ ދެވަނައެއް ނެތް ނަމޫނާ ކުންފުންޏަކަށް ހެދުމަށް އަޒުމް ކަނޑައަޅައި، ހިކްމަތްތެރިކަމާއެކު ކޮށްދެއްވި މިންނަތް މަސައްކަތުން މިއަދު ކުންފުނި ވަނީ އެހެން ހަރުފަތަކަށް ގޮސް ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދާފައެވެ. ކުންފުނީގެ 41 ވަނަ އަހަރީ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް ދެއްވި ހިޠޯބުން މިކަން އިތުރަށް ޔަޤީންވެ ކަށަވަރުވެގެން ދިޔައެވެ.

"މިއީ މިއަދު އެމްޓީސީސީއާއި މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަޤީންކަން. ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީއިން މިއަދު ވަނީ އިތުބާރާއިއެކު ޖާގަ ހޯދާފައި،" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް --- ފޮޓޯ/ އެމްޓީސީސީ

ޤަބޫލް ކުރަންޖެހޭ ހަޤީޤަތަކީ ވޭތުވެދިޔަ ދެއަހަރަކީވެސް ރާއްޖެގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ ދެއަހަރު ކަމެވެ. ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދުގެ ދުވެލި މަޑުވެ އޭގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާކަމެވެ. އެހެންނަމަވެސް ރައްޔިތުންނަށް އެމްޓީސީސީން ފޯރުކޮށްދެމުން އައި ޚިދުމަތްތަކަށް ލޮޅުން އެރިޔަނުދީ، ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހުއްޓުމެއްނެތި ވަނީ ކުރިއަށް ގެންގޮސްފައެވެ. އުނދަގޫ އަދި ދަތި ދަނޑިވަޅެއްގައި ކުންފުންޏާއި ހަވާލުވާން ޖެހުންނަމަވެސް، އެކަމާއި ސީއީއޯ އާޒިމް ކުރިމަތިލެއްވީ ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައެވެ. ލޮބުވެތި ބައްޕާފުޅާއި، ނިހާޔަތައް ގަދަރުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާއި، ނަސޭހަތް ކަނުލައި އަޑުއަހައި ދިވެހި ރައްޔިތުންގެ ޤައުމީ ޚިދުމަތުގައި ކުރައްވަންޖެހުން ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް އަދާކުރުމުގެ ރޫހުގައެވެ. އިންސާނުންނަށް ކުރެވޭނީ ހެޔޮ ނިޔަތާއެކު މަސައްކަތެވެ. ކާމިޔާބީއާއި ފަލާހްދެއްވާނީ މާތް ރަސްކަލާނގެއެވެ.

އިރާދަކުރެއްވިއްޔާ ސީއީއޯ އާޒިމްގެ މަސައްކަތުގެ ނަތީޖާގައި މޭވާއަޅާ ދޮންވެ ފައްކާވެއްޖެއެވެ. ހިކި އަނަރޫފަވެފައިވާ ކުންފުންޏަށް އާރޯކަމާއި، ބަހާރު މޫސުން އައިސް އުދަރެސްމަތި ރޯޝަންވެއްޖެއެވެ. މީގެ ކުރީ އަހަރުތަކުގެ ހިސާބުތަކަށް ބަލާލައިރު، އެމްޓީސީސީއަށް އެއްފަހާރާ ކުރިއަށް ގެންދެވެނީ 25 ވަރަކަށް ޕްރޮޖެކްޓްއެވެ. ނަމަވެސް ސީއީއޯ އާޒިމްގެ މާލިމީކަމުގައި މިހާރު އެމްޓީސީސީއަކީ އެއްފަހާރާ މީގެ ދެގުނައަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމުގެ ޤާބިލްކަން ލިބިފައިވާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްލާފައެވެ. އަދި ކުންފުނީގެ ހިންގުމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން، ކުންފުނީގެ ދުވެލިވެސް ވަނީ މިހާރު އެތަށް ދަރަޖައެއް އިތުރުވެފައެވެ. މިކަން ފާހަގަކުރުމުގެ ގޮތުން ސީއީއޯ އާޒިމް އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހު ދެއްކެވި ވާހަކަފުޅުގައިވަނީ މި ކާމިޔާބީގެ އަޞްލަކީ އަޙްލާޤް ރަނގަޅު، މުރާލި، ވަގުތާއި މަސައްކަތަށް ފަރުވާތެރި އަދި ހުނަރުވެރި މުވައްޒަފުންތަކެއް ބިނާކުރަން ކުރެވުނު ނަތީޖާކަމަށް ވިދާޅުވެފައެވެ.

"ދިވެހި ރައްޔިތުން ބަލައިގަންނަ ކުންފުނުޏަކަށް އެމްޓީސީސީ ހަދައިދިނީ މުވައްޒަފުން. ރައްޔިތުންގެ އަތްތިލަބަޑި ހައްޤުވަނީ އެ މުރާލި ހީވާގި އަތްތަކަށް.. މިގޮތަށް މި ކުންފުނި ހިނގަމުން މިދަނީ އޮނިގަނޑަށް ހަރުދާނާ އުޞޫލުތަކެއް އެކަށައެޅި ބަރާބަރަށް މޮނިޓަރ ކުރެވޭތީ.. މީގެ ކުރިން މި ކުންފުންޏަށް ބަނދަރެއް ހެދެނީ 3 އަހަރުން، އެ ސްޕީޑް މިހާރު މިވަނީ 1 އަހަރަށް ބަދަލުކުރެވިފައި.. މަޝްރޫޢެއް ނުހިނގާ އެންމެ އަތޮޅެއްވެސް އަދި ރަށެއްވެސް މިއަދު މި ރާއްޖޭގައި ނެތް،“ އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ މުވައްޒަފުންތަކެއް -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން 2020 ވަނަ އަހަރު 36 މަޝްރޫޢެއްގެ މަސައްކަތް ފުރިހަމަކޮށްފައިވާއިރު، 2021 ވަނަ އަހަރު ނިމުނުއިރު 27 މަޝްރޫޢެއްގެ މަސައްކަތް ނިންމާ، 64 މަޝްރޫއެއްގެ ޢަމަލީ މަސައްކަތް ދަނީ ކުރެވެމުންނެއެވެ. ބަނދަރާއި ޕޯޓު ހެދުން، މަގު ހެދުމާއި އެއަރ ޕޯޓް އެޅުން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން، އަދި މިހެންގޮސް ރާއްޖޭގެ ތަރައްޤީއާއި މިއަދު އެމްޓީސީސީ ވަނީ ގުޅިލާމެހިފައެވެ. އަދަދުތަކުން ބަލާނަމާ ސީއީއޯ އާޒިމް ހިންގުމާއި ހަވާލުވެ މިވޭތު ކުރި 2 އަހަރަކީ މުޅި ކުންފުނީގެ ހަޔާތުގައިވެސް ފާހަގަކޮށްލެވޭ ކުލަގަދަ އަދި ކާމިޔާބު 2 އަހަރެވެ. އެގޮތުން 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 224.71 މިލިޔަން ރުފިޔާ ލިބުން އެއީ ސީއީއޯ އާޒިމްގެ ދުރުވިސްނުމާއި، ކުންފުނީގެ މުޅި ޓީމަށް ދެއްވި އިރުޝާދުތަކުގެ ސަބަބުން ހާޞިލްކުރެވުނު ކާމިޔާބީއެކެވެ. ހަމަމިއާއެކު އަދުގެ ސަރުކާރުން "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ ހިންގުން އެމްޓީސީސީއާއި ހަވާލުކޮށްފައިވުމުން، މިކުންފުންޏަށް ސަރުކާރުން އިތުބާރު ކުރާ މިންވަރު ސާބިތުކޮށްދެއެވެ.

ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި އެއްވެސް ތަފާތުކުރުމެއްނެތި، އެއްހަމަ ސިޔާސަތުތަކެއް ގެންގުޅުން ވެގެންދިޔައީ މުޅި ކުންފުނި އެކަތިގަނޑަކަށް ހަދައިދީ ގުޅިފައިވާ ބަދަހި ޓީމަކަށް ބަދަލުކޮށްދިން ކަމަކަށެވެ. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 2،225 ވަޒީފާގެ ފުރުޞަތު އުފެދިގެން ގޮސްފައިވާއިރު، މީގެ ތެރެއިން ދިވެހި ޒުވާނުންނަށް ވަނީ ޙާއްޞަ އިސްކަމެއް ދެވިފައެވެ. މިވަގުތު ކުންފުނީގައި 3,151 މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެއެވެ. އަދި މަސައްކަތުގެ މާހައުލަކީ ތަނަވަސް މާހައުލަކަށް ހަދައިދީ، ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި ސީއީއޯ އާޒިމްވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްދެއްވާފައެވެ.

ސީއީއޯ އާޒިމް ޤަބޫލްކުރައްވަނީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ރެއާއި ދުވާލު ހީވާގިކަމާއެކު މަސައްކަތްކުރަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުންކަމުގައެވެ. މިހެންކަމުން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ހިންގޭ ތަމްރީން ޕްރޮގްރާމްތަކާއި، ކިޔެވުމުގެ ފުރުޞަތުތައް އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުކުރެވެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު 32 ތަމްރީން ޕްރޮގްރާމް ހިންގިފައިވާއިރު، މި އަދަދު 2021 ވަނަ އަހަރު ނިމިގެންދިޔައިރު ވަނީ 129 އަށް އަރާފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު މަތީ ތަޢުލީމް ހާޞިލްކުރުމުގެ ފުރުޞަތު 11 މުވައްޒަފުންނަށް ވަނީ ދެވިފައެވެ. އަންހެނުންގެ ދައުރު ކުންފުނީގައި ފުޅާވެގެންދިޔަ މަންޒަރު ވޭތުވެދިޔަ 2 އަހަރު ތެރޭގައި ބޮޑުތަނުން ފެނިގެން ދިޔައެވެ. 2020 ވަނަ އަހަރު 41 ވަޒީފާގެ ފުރުޞަތު އަންހެނުންނަށް ދެވިފައިވާއިރު، 2021 ވަނަ އަހަރު މިއަދަދު ވަނީ 140 އަށް އަރާފައެވެ. އެގޮތުން ލަންދޫގައި ބޭއްވުނު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ އާދަމް އާޒިމް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނީގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދާކަމަށް ވަނީ ވިދާޅުވެފައެވެ. ސީއީއޯ އާޒިމް ޤާބޫލުފުޅުކުރައްވާ ގޮތުގައި ޤައުމެއް ކުރިއަރާނީ، ތަރައްޤީވެފައިވާ އެހެން ޤައުމުތައް ފަދައިން ރާއްޖޭގައިވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް މަސައްކަތުގެ އެކި ދާއިރާތަކަށް ނުކުމެ، އެކުގައި މަސައްކަތްކޮށްގެންނެވެ.

އެމްޓީސީސީގެ މުވައްޒަފުންތަކެއް -- ފޮޓޯ/ އެމްޓީސީސީ

ކުންފުނި ހިންގުމުގައި ސީއީއޯ އާޒިމް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އެމްޓީސީސީގެ އަޑު މިއަދު ރާއްޖޭގެ އުތުރުން ފަށައިގެން ދެކުނަށް ވަނީ ގުގުމާލާފައެވެ. ހިންގޭ ޕޮރްޖެކްޓްތަކުގެ އިތުރުން ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން 2021 ވަނަ އަހަރު އެކަނިވެސް 16.12 މިލިޔަން ރުފިޔާގެ، ޖުމްލަ 255 މަޝްރޫޢެއް 55 ރަށުގައި ވަނީ ކުރިއަށް ގެންދެވިފައެވެ. ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރައްޔިތުންގެ ކުންފުންޏަށް ހަޤީޤަތުގައިވެސް މިދެއަހަރު ތެރޭގައި އެމްޓީސީސީ ވެގެންގޮއްސިއެވެ. މިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް މާފުށި ބިންހިއްކައި ޕިކްނިކް އައިލަންޑް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައިވަނީ ވަރަށް ބޮޑަށް ސީއީއޯ އާދަމް އާޒިމް އަދި އެމްޓީސީސީގެ ޓީމަށް ޝުކުރުއަދާކުރައްވާފައެވެ.

"އެމްޓީސީސީ ދުވެލި މިހާރު ހުރި ގޮތުން އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގައި އެމްޓީސީސީއާއި ހަވާލުކޮށްފަ ހުރި މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށް ވަގުތައް ނިންމައިދޭނެކަން. އެކަމަކަށްޓަކައި އަދިވެސް އެއްފަހަރު ޓީމް އެމްޓީސީސީއަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް -- ފޮޓޯ/ އެމްޓީސީސީ

ކުންފުނީގެ އަޑު ރާއްޖެއިން ބޭރަށް ގެންދިއުމަކީ ސީއީއޯ އާޒިމްގެ އެންމެ ބޮޑު އެއް އަމާޒެވެ. ބޮޑެތި ބިޔަ މަޝްރޫޢުތަކަށް މިސްރާބު ޖަހަން ކުންފުނި އޮތީ ތައްޔާރަށެވެ. އެހެންކަމުން ސީއީއޯ އާޒިމްގެ މާލިމީކަމުގައި ކުރިއަށް އޮތީ މުޅި ކުންފުންޏަށް އުޖާލާ ދުވަސްތަކެކެވެ. އެމްޓީސީސީގެ ދިގު ތާރީޙުގައިވެސް ނިމިގެންދިޔަ ދެއަހަރަކީ ތަފާތު ދެއްކި ނަތީޖާ ނެރެވުނު ދެއަހަރެވެ. ހިއްޞާދާރުން، މުވައްޒަފުން، އަދި ދިވެހި އެންމެހާ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ދެއަހަރެވެ. އެމްޓީސީސީ އަކީ މިއަދު ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭ ޖަޒީރާ ތަރައްޤީގެ ބައިވެރިޔާއެވެ. ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ އުދާސްތަކާއި، ދަތިތައް ފިލުވައިދޭ އެކުވެރިޔާއެވެ. ހަމަ ޔަޤީނުންވެސް އެމްޓީސީސީއަށް މަޝްރޫޢެއް ހަވާލުކޮށްފިނަމަ އެމްޓީސީސީގެ ޓީމަށް މަރުހަބާކިޔުމަށް ރަށު ރައްޔިތުން މިހާރު ދަނީ އުފަލާއި ޖޯޝާއެކު ފަރިވަޅުތައް ހިފައިގެންނެއެވެ. އެމްޓީސީސީއަކީ ކާމިޔާބު ރައްޔިތުންގެ ކުންފުންޏަކަށް ހަދައިދެއްވިކަމަށްޓަކައި، ސީއީއޯ އާޒިމަށް ޝުކުރުގެ އަތްތިލަބަޑިއާއި ތަހާނީ ހައްޤެވެ.

comment ކޮމެންޓް