މާލޭގެ ނަންބަރުތައް އެއްހާހުން މަތީގައި، ޖުމްލަ 2137

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަ؛ް ނަގަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7171 ސާމްޕަލްގެ ތެރެއިން 2137 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން 1219 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަތޮޅުތެރޭގެ ރަށްރަށުން 438 މީހަކު މިއަދު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން 89 މީހުން ޕޮޒިޓިވްވިއެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 107،732 އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 9،574 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 43 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ޓެސްޓްކުރި ސާމްޕަލްގެ އަދަދަކީ 3،361 އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 98،880އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 265 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެއިން ރަށްރަށް ފުރާނަމަ 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް