ގާޑިޔާތަކާއި ހެދިކާ މޭޒުތަކާއެެކު ހިޔާ ފްލެޓު ސަރަހައްދަށް ދިރުން!

މާލޭގައި ގިނަ ބަޔަކު ކުރަމުން ގެންދިޔަ "ގާޑިޔާ" ވިޔަފާރި ހުއްޓުމަކަށް އައިތާ ގިނަ ގިނަދުވަސްތަކެއް ފަހުން ހުޅުމާލެ ފޭސް ޓޫ ގައި ގިނަ ބަޔަކު މިވަނީ މި ކޮންސެޕްޓަށް އަނެއްކާވެސް ވިޔަފާރިތަކެއް ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީރު ހެދި ބިލެއްގަނޑެއް ބޭނުންނަމަ މީގެ ކުރިން ދުވެފައި ދަނީ މާލޭގައި ހުންނަ ގާޑިޔާތަކަށެވެ. ގާޑިޔަލަށް ގޮސް ކުޅި އަނބު މަޖައެއް ނުވަތަ މަސް ކާއްޓެއް ކާލައިގެން ދުފާލީމާ އެ ލިބޭ ހިތްހަމަޖެހުން މިހާރުގެ ކުދިންނަށް ނޭނގިދާނެއެވެ.

އެ ދުވަސްތައް މިއަދު މާޒީއާއެކުވެ ހިނގައްޖެއެވެ. މާލޭގައި މިއަދު ގާޑިޔާއެއް ނެތެވެ. އެހެންކަމުން މީރު ބިލެއްގަނޑެއް ކައި ނުލެވިގެން އެތައް ބަޔަކު ތިބެއެވެ. ގޭގައި ހެދި ބިލެއްގަނޑެއް ކާލެވުނަސް ނުވަތަ ކެފޭއަކުން ކާލެވުނަސް އަދި ގާޑިޔަލުން އެ ލިބޭ ހިތްހަމަ ޖެހުމެއް ނުލިބެއެވެ.

ކުރިން މާލޭގައި ހުރިި ގާޑިޔާއެއް --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަން އާބާދުވާން ފަށައިފިއެވެ. އެތައް ހާސް އާއިލާއެއްގެ "އުއްމީދީ ހިޔާ"އަށް އެތަން ބަދަލުވެއްޖެއެވެ.

ހިޔާގެ ޓަވަރުތައް ހުރި ސަރަހައްދަށް ގޮސްލުމުން އައުވީ މީގެ އަހަރުތަކެއް ކުރީގެ ހަނދާންތަކެކެވެ. ފެނުނީ ވަގުތުން ހަދައިލައިފައި މީހުންނަށް ދޭ ކުރުނބާ ތަކެވެ. ފެންނައިރަށް މީހަކު ކާހިތްވާގޮތަށް ގޮތަށް ތައްޔާރުކޮށްފައިހުރި ދިވެހީންގެ ހާއްސަ ހެދިކާތަކެވެ.

ވަރުގަދައަށް ފޯކާއި ބިލެތާއި އެއްޗެހި އެޅުމަށްފަހު މީރު ބިލެއްގަނޑެއް މީހަކު އަނގައަށްލީތަން ފެނުމުން ކުޅުދިޔާވިއެވެ. މީރުމީރުކޮށް ބަޔަކު ހަނޑުލު ގުޅަތަކެއް ކާ މަންޒަރު ފެނުމުން އެ ވެސް ކާހިތްވެއްޖެއެވެ. ކުޑަކުދިންތަކެއް ޖޫސްޕެޓީ ބޯތަން ފެނުމުން ކަރުހިއްކައިގަތްހެން ވެސް ހީވިއެވެ.

ހިޔާ ފްލެޓަަށް މީގެ ދޮޅުމަސް ކުރިން ބަދަލުވި އަންހެނަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ އޭނާއަކީ މީގެ ކުރިން މާލޭގައި ވެސް ހެދިކާ ވިއްކި މީހެއް ކަމަށެވެ. އަދި މާލެއަށްވުރެ ވަކި ދެވަނަ ފިޔަވަހީގައި ވާ ފައިދާ ކުޑަ ނޫންކަމަށް އޭނާ ބުންޏެވެ.

"ވަކި ތަފާތެއް ނޫން. ބައެއް ދުވަސް ދުވަހު މާލެއަށްވުރެ ރަނގަޅު. އެކަމަކު ނަސީބަކުން ދަށަކަށް ނުދޭ،" އޭނާ ކިޔައިދިނެވެ.

މާލޭގައި ގިނަ ބަޔަކު ކުރަމުން ގެންދިޔަ "ގާޑިޔާ" ވިޔަފާރި ހުއްޓުމަކަށް އައިތާ ގިނަ ގިނަދުވަސްތަކެއް ފަހުން ހުޅުމާލެ ފޭސް ޓޫ ގައި ގިނަ ބަޔަކު މިވަނީ މި ކޮންސެޕްޓަށް އަނެއްކާވެސް ވިޔަފާރިތަކެއް ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަމިއްލަ ފްލެޓު ކުރިމަތީގައި މޭޒެއް ބަހައްޓައިގެން ހެދިކާ ވިއްކަން އެ ދައްތަ ހުރީ ހިނިތުންވެލައިގެންނެވެ. މާލޭގެ ހަލަބޮލި މާހައުލަށްވުރެ ހިޔާގެ ހިތްގައިމު މާހައުލު މާ އުފާވެރިއޭ ބުނެދޭ ކަހަލައެވެ.

ގާޑިޔާ ހެދުމުގައި މިހާރު ގެންގުޅެނީ މާ ފައްކާ ގޮތެކެވެ. ކުދި ޕިކަޕުތައް ހީވަނީ ކުޑަވަރެއްގެ ފިހާރައެއް ހެންނެވެ. މާ ގިނަ ފިހާރަތަކެއް ހިޔާ ސަރަހައްދުގައި ނުހުންނާތީ ޕިކަޕުތަކުގައި ބަހައްޓައިގެން ވިއްކަނީއެވެ.

"ފައިދާ ވޭ އެކި ދުވަހު އެކިވަރު. ހަވީރު ވީމަ މި ފަށަނީ. ދެން އަނެއްކާ އަޅުގަނޑުމެން ގާތްގަނޑަކަށް ނުވައެއް ޖަހާލީމަ އެބަ ނިންމާލަން،" ޕިކަޕެއްގައި ކުޑަވަރެއްގެ ފިހާރައެއް ހަދައިގެން އުޅޭ މީހަކު ކިޔައިދިނެވެ.

މާލޭގައި ގިނަ ބަޔަކު ކުރަމުން ގެންދިޔަ "ގާޑިޔާ" ވިޔަފާރި ހުއްޓުމަކަށް އައިތާ ގިނަ ގިނަދުވަސްތަކެއް ފަހުން ހުޅުމާލެ ފޭސް ޓޫ ގައި ގިނަ ބަޔަކު މިވަނީ މި ކޮންސެޕްޓަށް އަނެއްކާވެސް ވިޔަފާރިތަކެއް ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިޔާގެ ފިނިޝިން ނިންމައި ބައެއް މީހުން ބަދަލުވެފައި ވީ ނަމަވެސް އެތަނުގެ ބައެއް ފްލެޓުތަކުގައި އަދިވެސް ފިނިޝިންގެ މަސައްކަތް އަދިވެސް ނުނިމެއެވެ. އެތަންތަނުގައި މަސައްކަތް ކުރަން އުޅޭ މީހުން ވެސް މަސައްކަތުގެ ވަރުބަލިކަމާއެކު އައިސް ގާޑިޔާތަކުން ކޮންމެވެސް އެއްޗެއް ކާލައެވެ.

"ގޭގައި ނުދެވެނީނު ކޮންމެ ގަޑީގައި ކާން. އެހެންވީމަ ކުޑަ ސޭންޑްވިޗް މިތަނުގައި ކަނީ. މިތަނުން ބަރާބަރު ކާނާ ލިބެނީ،" މަސައްކަތެއް ކުރުމަށްފަހު އެއްޗެއް ކާން އިން ބިދޭސީއަކު ބުންޏެވެ.

މާލޭގައި ގިނަ ބަޔަކު ކުރަމުން ގެންދިޔަ "ގާޑިޔާ" ވިޔަފާރި ހުއްޓުމަކަށް އައިތާ ގިނަ ގިނަދުވަސްތަކެއް ފަހުން ހުޅުމާލެ ފޭސް ޓޫ ގައި ގިނަ ބަޔަކު މިވަނީ މި ކޮންސެޕްޓަށް އަނެއްކާވެސް ވިޔަފާރިތަކެއް ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިޔާއަށް ބަދަލުވި އާއިލާތަކަށް ލިބުނީ ހަމައެކަނި ބޯހިޔާވަހިކަން އެކަންޏެއް ނޫނެވެ. ބައެއް މީހުންނަށް ވިޔަފާރިއެއް ކުރުމުގެ ފުރުސަތު ވެސް ފަހިވެއްޖެއެވެ.

ދުވަހަކަށްވުރެ ދުވަހެއް މީހުން ގިނަވެ، އާބާދުވަމުން އަންނަ ހިޔާގެ ޓަވަރުތަކަށް ދިރުން ގެނެސްދީ ފަޅުވިލުވައިދިނުމުގައި މި ގާޑިޔާތަކުގެ ދައުރު ބޮޑެވެ.

comment ކޮމެންޓް