ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުން ކުށްވެރި ކުރަން: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް --

ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި އެކި ގޮތްގޮތުން ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތިން ސްކޫލެއްގައި ސެޓެލައިޓް ސްކޫލިންގެ ނިޒާމު ތައާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ކަންތައްތައް އެކި ނަންނަމުގައި، އެކި ގޮތްގޮތަށް ހިންގަމުންދާ ކަމަށެވެ. އަދި އެފަދަ ހަރަކާތްތައް ސްކޫލްތަކާ ހަމަޔަށް ދިއުމަކީ ވަރަށް ކަންބޮޑުވެ، ހިތާމަކުރާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ސްކޫލު ތަކަށާއި ހޮސްޕިޓަލްތަކަށް އެފަދަ ކަންކަން ނުވެއްދުމަށާއި، ތައުލީމަށް ހުރަސް އެޅޭފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ސެޓެލައިޓް ސްކޫލިންގެ ނިޒާމާއެކު ޖަޒީރާ ތަރައްގީގެ މުޅިންއާ ހަރުފަތެއް ފެށިފައިވާ ކަމަށެވެ.

ތައުލީމު ލިބުމަކީ ގާގޫނު އަސާސީންވެސް ލިބިދޭ ހައްގެއްކަން ފާހަގަ ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ސެޓެލައިޓް ސްކޫލުގެ ސަބަބުން، އަޅާ ނުލެވި ދޫކޮށްލެވިފައިވާ ތިން ރަށުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އާ އުންމީދުތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހަނދާނުގަ އެބަހުރި މި ރަށްތަކުގެ ބެލެނިވެރިން، ދަރިވަރުން އުފުލި ތަކުލީފު. ކިތަންމެ ކަނޑު ގަދަ ވިޔަސް އަދި ބޯ ވިސްސާރައާއި ވާރޭތެރޭ އެ ކުރަން ޖެހުނު ދަތުރުތައް މަތިން އަޅުގަނޑުމެން ހަނދާން އެބަހުރި،" ނައިބު ރައީސް ވިދާޅުވިއެވެ.

މުޖުތަމައެއް ބިނާކުރުމަށްޓަކައި އެންމެ މުހިންމީ ތައުލީމީ ނިޒާމު ރަނގަޅު ކުރުންކަން ފާހަގަ ކުރައްވައި، މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރޭގައި އޮތް އިރުވެސް މިދިޔަ ދުވަސްތަކުގައި ޓީޗަރުން އުފުއްލެވި ބުރަ ފާހަގަކޮށް ނައިބު ރައީސް ވަނީ ޓީޗަރުންނަށް ޝުކުރު އަދާކޮށްފައެވެ.

https://sun.mv/161093

ނައިބު ރައީސް މިއަދު އެ މޭރެމުން ވާހަކަދެއްކެވި އިރު، ބައެއް ރަށްރަށުގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންނާ މަގުމަތިން ދިމާކުރާތީ އެފަދަ މައްސަލަތަކެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އިއްޔެ އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް