ފެންހޯދުމުގައި ގާފަރުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ސްޓެލްކޯއިން ނިމުން ގެނުވައިފި

ސެޓެލްކޯއިން ގާފަރުގައި ގާއިމްކުރި ފެންޕުލާޓުން ރަށުގެ ރައްޔިތުންނަށް ފޭންދޫކުރަން ފެށުން --- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯ އިން ކ. ގާފަރުގައި ގާއިމްކުރި ފެންޕުލާންޓުން އެރަށުގެ ރައްޔިތުންނަށް ފެންދޫކުރަންފަށައި ޒަމާނުއްސުރެ ފޯންހޯދުމުގައި ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުން ގެނުވައިފިއެވެ.

ގާފަރު ކައުންސިލުގެ ރައީސް މުބައްޝިރު ޖަލީލު "ސަން" އަށް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ގާފަރުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިއްޖެކަމަށެވެ.

"މިހާރުވެސް އަލުގަނޑުމެން މި އުޅެނީ ރަށުން ބޯފެން ހުސްވެގެން. ސްޓެލްކޯއިން މި ހިދުމަތް ފެށުމާއެކު ރައްޔިތުންނަށް ފަސޭހައިން ފެން ލިބޭނެ," މުބައްޝިރު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ގާފަރަކީ އަބަދުވެސް ފެނުގެ ދަތިކަން ދިމާވާ ރަށެއް ކަމަށެވެ. ފެނުގެ ދަތިކަން ދިމާވާ ދުވަސްވަރު މާލޭން ފެން ގެނެސްގެން ނޫނީ ރަށުގެ ރައްޔިތުންނަށް ފެން ލިބޭނެ ގޮތެއް ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ.

ގާފަރުގެ ފެނުގެ ހިދުމަތަކީ 2016 ވަނަ އަަހަރުގެ ތެރޭގައި ފެށިފައިވާ މަޝްރުއެއްކަމަށާއި އަދި މަޝްރޫއު އެއްކޮށް 2018 ވަނަ އަހަރު ނިންމާފައިވާކަމަށް ވެސް މުބައްޝިރު ވިދާޅުވިއެވެ.

އެރަށުގައި މިހާރު ބަހައްޓާފައި ހުރީ 15 ޓަނުގެ ދެ ފެންޕްލާންޓެވެ. ސްޓެލްކޯއިން މިއަދު އެ ރަށުގައި ފެން ދޫކުރަން ފަށައިފަވަނީ ހާއްސަ އުސޫލުތަކެއްގެ ދަށުންކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މިވަގުތު އެ ރަށުގެ ފެނުގެ ހިދުމަތަކީ ރަށުގެ ގޭބިސީތަކާއި ގުޅާލެވިަފއިވާ ހިދުމަތެއް ނޫންކަމަށެވެ. އެހެންކަމުން އާންމު ބޭނުންތަކަށް ފެންދޫކުރާނީ ފެންޕްލާންޓު ބޭރުގައި ހަރުކުރެވިފައިވާ ހާއްސަ އިސްކުރަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ގާފަރުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެންމެ ގިނަވެގެން ދޫކުރާނީ 20 ލީޓަރުގެ ފެނެވެ. އަދި އެ ހިދުމަތް ލިބޭނީ ކޮންމެ ދުވަހަކުވެސް 16:00 އިން 18:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

comment ކޮމެންޓް