ނުރައްކާ ބޮޑުވަނީ، ކޭސްތަކުގެ އަދަދު ހާހަކާ ގާތަށް

ޕީސީއާރު ހަދަން ހަދައިފައިވާ ކިޔޫއެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު ހާހަކާ ގާތް ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓްކުރި 7505 ސާމްޕަލްގެ ތެރެއިން 967 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެ ތެރެއިން 475 މީހުން ނިސްބަތް ވަނީ މާލެ ސަރަހައްދަށެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 290 މީހެކެވެ. ރިސޯޓުތަކުން 87 މީހަކު ޕޮޒިޓިވްވެފައިވާއިރު ސަފާރީތަކުން ޕޮޒިޓިވް އަދަދު އުޅެނީ ދޭއްގައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 101،418 އަށް އަރާފައެވެ. އެކްޓިވް ކޭސްތައް 5881 ގައި ހުރިއިރު ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 22 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު ވެސް މީހަކު މަރުވެފައިވާއިރު އެ ބަލީގައިމިހާތަނަށް 265 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ ކޮންމެ ރައްޔިތަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުން ކަމަށެވެ. އެގޮތުން ބޭރު ތެރޭގައި އުޅޭއިރު ރަނގަޅަށް މާސްކު އެޅުމާއި ގައިދުރު ކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ


ގުޅޭ ޓެގު
comment ކޮމެންޓް