ލ. ގަން ހިމެނޭ ގޮތަށް 12 ރަށެއް މިވަގުތު މޮނިޓަރިންގައި

އަތޮޅުތެރެއަށ ދަތުރުކުރާ ލޯންޗްތަކެއް — ސަން ފައިލް ފޮޓޯ

ލ. ގަން ހިމެނޭ ގޮތަށް 12 ރަށެއް މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި މަސް ފެށުނު އިރު މޮނިޓަރިންގައި އޮތީ 11 ރަށެވެ. ނަމަވެސް މަހުގެ ފުރަތަމަ ހަފްތާގައި މޮނިޓަރިންގައިވާ ރަށުގެ އަދަދު ހަޔަކަށް ދަށް ވިއެވެ. އެޗްޕީއޭގެ ތަފާސްހިސާބު ތަކަށް ބަލާއިރު، މިވަގުތު 12 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މިދިޔަ މަހާއި މިމަހު މޮނިޓަރިންއަށް ލެވިފައިވާ ރަށްރަށެވެ.

މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ:

ކ. ތުލުސްދޫ

ހދ. ނައިވާދޫ

ދ. ހުޅުދެލި

ކ. މާފުށި

ހއ. އިހަވަންދޫ

ހދ. ނެއްލައިދޫ

ލ. ފޮނަދޫ

ހދ. ނޮޅިވަރަމްފަރު

ށ. ފުނަދޫ

ބ. ދަރަވަންދޫ

ދ. ބަނޑިދޫ

ލ.ގަން


އާ އަހަރު ފެށުނު އިރު މޮނިޓަރިންގައި އޮތީ 12 ރަށެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 100،451އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 95،056 އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު އުޅެނީ 12 ޕަސެންޓްގައެވެ.

comment ކޮމެންޓް