ކޮވިޑުން އަރައިގަންނަން ހީކުރި ވަރަށް ވުރެ ދުވަސް ނެގި، އެކަމަކު މިހާރު ރަނގަޅުވެއްޖެ: މެސީ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޭމީ ސްމިތް

ކޮވިޑް-19 އިން އަރައިގަންނަން ހީކުރި ވަރަށް ވުރެ ދުވަސް ނެގި ކަމަށާއި ނަމަވެސް މިހާރު މުޅިންހެން ރަނގަޅުވެއްޖެ ކަމަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

މެސީ ކޮވިޑަށް ޕޮޒިޓިވްވިކަން ޕީއެސްޖީން ބުނީ މި މަހުގެ ކުރީކޮޅެވެ.

މެސީގެ އިތުރުން އެ ކްލަބްގެ ހޫލިއަން ބާނަޓް އާއި ނޭތަން ބިޓުމަޒާލާ އާއި ގޯލްކީޕަރު ސާޖިއޯ ރިކޯ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކުލަބުން ނެރުނު ނޫސްބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މެސީ އޭނާގެ ހާލު ރަނގަޅުވިކަން ފޭސްބުކް މެދުވެރިކޮށް ހިއްސާ ކުރަމުން ވަނީ އޭނާގެ އަންހެނުންނާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ކުރި މެސެޖް ތަކަށް ޝުކުރު އަދާކޮށްފައެވެ.

މެސީ ބުނީ އޭނާގެ ހާލު މިހާރު ގާތްގަނޑަކަށް އެއްކޮށް ރަނގަޅުވެފައިވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި ދަނޑުމައްޗަށް އެރޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ހަމައެއާއެކު ފިޓުކޮށް ހުރުމަށްޓައި މި ދުވަސްކޮޅު ވެސް ބަރާބަރަށް ޓްރެއިނިންއަށް ދާކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް