ބަނގުރާ ފުޅިތަކަކާއެކު ތޮއްޑޫން މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ -- ސަން ފަައިލް ފޮޓޯ/ ފަޔާޒު މޫސާ

ރޭގެ ވަގުތެއްގައި، ބަނގުރާފުޅިތަކަކާއެކު އއ. ތޮއްޑޫ ގެސްޓުހައުސްއަކުން މީހަކު ހައްޔަރު ކޮށްފިއެވެ.

އެ މީހާ ހައްޔަރު ކުރީ އެ ރަށު ޑައިވް ވިލާ ނަމަކަށް ކިޔާ ގެސްޓް ހައުސް ބަލާ ފާސްކުރި އިރު ބަނގުރާ ފުޅިތަކެއް ފެނިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތޮއްޑޫ ގެސްޓްހައުސްއެއް ޖަނަވަރީ ހަވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ގެސްޓްހައުސް ބަލައިފާސްކޮށް ބަނގުރާފުޅިތަކާ އެކު އުމުރުން 49 އަހަރުގެ ލެޓްވިއާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


comment ކޮމެންޓް