އެފްރިކަން ކަޕް އޮފް ނޭޝަންސް މީޑިއާނެޓުގެ އައިސްގެ ޗެނަލްތަކުން ބަލާލެވޭނެ

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި

އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް 'އެފްރިކަން ކަޕް އޮފް ނޭޝަންސް' އައިސް ޓީވީ އަދި އައިސް ސްޕޯޓްސް އިން ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

އެއް މަހުގެ މުއްދަތަކަށް ދެމިގެންދާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ ހަފްތާގެ އާދިއްތަ ދުވަހުއެވެ. މި މުބާރާތް މި ފަހަރު ހޯސްޓު ކުރާ ގައުމަކީ ކެމަރޫންއެވެ.

މުޅި ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ ގިނަ އަދި މޮޅޮ ކުޅުންތެރިންތަކެެއް މި މުބާރާތުގައި އެމީހުންގެ ގައުމަށް ކުޅޭނެއެވެ. އެގޮތުގައި ލިވަޕޫލް ގެ މުޙައްމަދު ޞަލާޙް، ސާޑިއޯ މާނޭ އަދި ނަބީ ކެއިޓާގެ އިިތުރުން މެންޗަސްޓާ ސިޓީގެ ހުނަރުވެރި ކުޅުންތެރިޔާ މަހްރޭޒް އާއި އާސެނަލް ގެ ފޯވާޑް އޮބަމަޔާންގް އަދި ކްރިސްޓަލް ޕެލޭސް ގެ ފޯވާޑް ޒަހާ ފާހަގަ ކޮށްލެވެއެވެ.

މީޑިއާނެޓުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ދުނިޔޭގައި ކުޅޭ ފޯރިގަދަ މުބާރާތްތައް ރާއްޖޭގެ ބެލުންތެރިންނަށް ވީހާވެސް ފަސޭހަކަމާ އެކު ބެލޭނެ ގޮތް ހަމަޖެއްސުންކަމަށެވެ. އެގޮތުން މީޑިއާނެޓުގެ އެމްއެސް ޕެލެޓްފޯމުން ޑީކޯޑަރަކާ ނުލައި ޗެނަލްތަކުގެ އިތުރުން ވީއޯޑީ ބެލޭނެ ހިދުމަތްވެސް މިހާރު ވަނީ ތައާރަފް ކޮށްފައެވެ.

މީޑިއާނެޓުގެ ބޭސިކް އަދި ފެމިލީ ޕެކޭޖަށްވުރެ މަތިން ނަގާފައިވާ ކަސްޓަމަރުންނަށް 'އެމް އެސް މީޑިއާނެޓު އެޕް' އަކީ ހިލޭ ބޭނުންކުރެވޭ ހިދުމަތެކެވެ.

މުބާރާތާ ގުޅޭ އިތުރު މާއުލޫމާތު ސާފު ކުރެއްވުމަށް މީޑިއާނެޓުގެ ނަންބަރު 3320800 އަށް ގުޅާލުމުން ނުވަތަ މީޑިއާނެޓުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް