ރާއްޖޭން އޭއެފްސީ އޭޝިއަން ފުޓްސަލް މުބާރާތުގައި ވާދަކުރަނީ

ކްލަބް މޯލްޑިވްސް ފުޓުބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ/ ކްލަބް މޯލްޑިވްސް

ރާއްޖެއިން އޭއެފްސީ އޭޝިއަން ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ނިންމައިފިއެވެ.

ރާއްޖޭން އެންމެ ފަހުން ފުޓްްސަލްގައި ވާދަކުރީ މީގެ ހަތަރު އަހަރު ކުރިން 2017 ވަނަ އަހަރު ތުރުކުމެނިސްތާނުގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައެވެ. އަފްގާނިސްތާނާއި އުޒްބެކިސްތާނާއި ޔޫއޭއީ އަދި ޗައިނާއާ ވާދަކޮށް ރާއްޖެއަށް އެ މުބާރާތުގެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަކީ ޓާފް ދަނޑުގައި ކުޅޭ ކުޅުންތެރިންނަށްވުމާއެކު، އެ މުބާރާތުގައި އިންޑޯ އެރީނާއެއްގައި ކުޅުމަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

އޭއެފްސީން މިއަދު ނެރުނު ފުޓްސަލް މުބާރާތުގެ ގުރުއަތުލުމުގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގައި ކަމަށްވާއިރު ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. އެ ގްރޫޕުގައި ރާއްޖޭގެ އިތުރުން ހިމެނެނީ އިރާނާއި ކިރްގިސްތާން އަދި ޓާކްމެނިސްތާނެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އަފްގާނިސްތާނާއި، ނޭޕާލާއި، ތަޖްކިސްތާން އަދި އުޒްބެކިސްތާނެވެ. ކޮލިފައިންގައި މި ޒޯނުގެ ކޮންމެ ގްރޫޕަކުން ދެ ޓީމު މުބާރާތަށް ހޮވޭނެއެވެ.

https://www.facebook.com/AFCAsianCup/photos/a.138140349567045/4837724819608551/?type=3

މި މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 1-15 އަށް ކަމަށްވާއިރު އޭއެފްސީން މިހާތަނަށް އިއުލާނުކޮށްފައިވަނީ ވެސްޓް ޒޯން ހޯސްޓްކުރާނެ ގައުމު ކަމަށްވާ ދުބާއީގައެވެ.

މި މުބާރާތުގައި ކޮލިފައިން 15 ޓީމު ހޮވާއިރު މި މުބާރާތުގެ މެޗުތައް ކުޅޭނީ 25 ސެޕްޓެމްބަރާއި 20 އޮކްޓޫބަރާ ދެމެދު ކުވޭތުގައެވެ.

ރާއްޖޭގައި މިހާރު އެންމެ ގިނައިން ކުޅޭ ކުޅިވަރަކީ ފުޓްސަލް ކަމުގައިވާއިރު ގައުމީ ފެންވަރުގެ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. ދާދި ފަހުން ކްލަބް މޯލްޑިވްސް ކަޕް ބާއްވާފައިވާއިރު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ކަޕް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތުގައި 91 ޓީމު ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް