އެސްޓީއޯ ހޯލްސޭލް ސެންޓަރު، އެސްޓީއޯ އެގްރިސެންޓަރު އިމާރާތަށް ބަދަލުކުރަނީ

އެސްޓީއޯ ހޯލްސެންޓަރު ބަދަލު ކުރަނީ، އެގްރިސެންޓަރު ހުރި އިމާރާތަށް--

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހޯލްސޭލް ސެންޓަރު އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހޯލްސޭލް ސެންޓަރު ހިންގާނީ އެސްޓީއޯ އެގްރިސެންޓަރު ހުންނަ އިމާރާތުގައި ކަމަށެވެ.

ހޯލްސޭލް ސެންޓަރު މިހާރު ހިންގަމުން އަންނަނީ އޯކިޑް މަގުގައި ހުންނަ އެސްޓީއޯ ސުޕަމާޓް ފިހާރައިގެ ހުޅަނގު އުތުރު ކަންމަތީގައެވެ. މި ގެންނަ ބަދަލާއެކު ދެން ހޯލްސޭލް ސެންޓަރު ހިންގާނީ އެސްޓީއޯގެ ކުރީގެ ސިމެންތި ގުދަން ހުރި ތަނުގައެވެ.

އެގްރިސެންޓަރު ހުންނަ ތަނަށް ހޯލްސޭލް ސެންޓަރު ބަދަލުކުރިނަމަވެސް، އެގްރިސެންޓަރުން ލިބެމުންދާ ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަން އެސްޓީއޯއިން ފާހަގަކުރިއެވެ.

comment ކޮމެންޓް