ޑީކޯޑަރަކާ ނުލައި ޗެނެލްތައް މިހާރު މިޑީއާނެޓުގެ ކަސްޓަމަރުންނަށް ބަލާލެވޭނެ

ޑީކޯޑަރަކާ ނުލައި ޗެނަލްތަކުގެ އިތުރުން ވީއޯޑީ ބެލޭނެ މުޅިން އައު ޚިދުމަތެއް 'އެމް އެސް ލައިޓް'ގެ ނަމުގައި މީޑިއާނެޓުން ތައާރަފް ކޮށްފިއެވެ.

އެންޑްރޮއިޑް އެޗްޑީ، ސެމްސަންގް އަދި އެލްޖީ ސްމާޓް ޓީވީ ތަކުން މިހާރު މި ހިދުމަތް ލިބޭނެއެވެ.

ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް ޗެނަލްތައް ހިމަނައިގެން ތައާރަފްކުރި މި ޚިދުމަތުގައި ޕެކޭޖް ތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އެންމެ މަގްބޫލު ޗެނަލްތަކުގެ އިތުރުން އެކި ކަހަލަ ފިލްމާއި ވީއޯޑީ ސީރީސްތައް މިހާރު 630 ރުފިޔާއަށް ތަޖުރިބާ ކޮށްލެވޭނެއެވެ.

އާ އަހަރާ ދިމާކޮށް މީޑިއާނެޓުން ތައާރަފް ކުރި މި ޚިދުމަތުން 70 އަށް ވުރެ ގިނަ ލައިވް ޗެނަލްގެ އިތުރުން ތަފާތު އެކި ވީއޯޑި ފިލްްމުތަކާ ސީރީސް އެކަށޭނަ އަގެއްގައި ބަލާލެވޭނެއެވެ.

މީގެ ތެރޭގައި ދިވެހިންގެ މަގްބޫލުކަން ހޯދައިފައިވާ ސޮނީ، ސްޓާރ، ޒީގެ ޗެނަލްތަކުގެ އިތުރުން ސީއެންއެން ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ މަގްބޫލު ދެ ފުޓްބޯޅަ ލީގު މި ތައާރަފް ކުރި ހިދުމަތުން ބެލޭނެއެވެ.

މި ޚިދުމަތަކީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަގޮތަކަށް މީޑިއާނެޓްގެ ހިދުމަތް ހޯދޭނެހެން ފަރުމާ ކުރެވިފައިވާ ހިދުމަތެއްކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ބަލައިލަން ބޭނުންވާ ޝޯއެއް އިވެންޓެއްގެ ގަޑީގައި ނުބެލިއްޖެ ހާލަތެއްގައި، މި ޚިދުމަތުގައި ހިމެނޭ ކެޗަޕް ފީޗާ މެދުވެރިކޮށް އެޝޯ އެއް ނުވަތަ އިވެންޓެއް ބަލައިލެވޭނެއެވެ. މީގެ އިތުރުން "ފޭވަރިޓް ޗެނަލް ލިސްޓް" ހެދުމާއި އެބޭފުޅެއްގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް ލިސްޓު އަތުރާލުމާއި "ޔޫޒާ ޕްރޮފައިލް" ހެދުންވެސް ހިމެނެއެވެ.

މި ހިދުމަތް މިވަގުތު ބޭނުން ކުރެވޭނީ މާލެ އަދި ހުޅުމާލޭގައެވެ. ނަމަވެސް މުސްތަޤުބަލުގައި މި ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެހެން ރަށްތަކަށްވެސް މި ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެ ކުންފުނިން ބުނެއެވެ. މި ޚިދުމަތަށް ރަޖިސްޓަރ ކުރުމަށް ޓީވީއަށް އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވުމުން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިންކު ލިބޭނެއެވެ.

ޕެކޭޖްތަކުގެ އަގުތަކާއި ޗެނަލް ލިސްޓް ބަލައިލުމަށް މި ލިންކަށް ކްލިކްކޮށްލަށްވާ!

comment ކޮމެންޓް