ދުވާފަރަށް އިތުރު ސޯލާ ޕަވަ ސިސްޓަމެއް

މިހާރު ހުރި ވަރަށްވުރެ ބޮޑު ސޯލާ ޕަވަ ސިސްޓަމެއް ދުވާފަރަށް -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ރ. ދުވާފަރުގައި މިހާރު ހުރި ސޯލާ ސިސްޓަމުގެ އިތުރުން 35 ކިލޮވޮޓްގެ ސޯލާ ޕަވަ ސިސްޓަމެއް, މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން އެ ރަށަށް ގެންގޮސްފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މީގެ ކުރިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި ހަރުކޮށްފައި ވަނީ 48 ކިލޮވޮޓްގެ ސޯލާ ޕަވަ ސިސްޓަމެއް ކަމަށެވެ.

އެޔާއެކު ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތަ އުފައްދާ މިންވަރު، 83 ކިލޮވޮޓްގެ ސޯލާ ޕަވަ އަށް އިތުރުވެފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު މަދު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ފެށީ 2012 ވަނަ އަހަރުއެވެ.

މިހާރު އެ ކުންފުނީގައި ޖުމުލަ 578 ކިލޮވޮޓްގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލުކަން އެބަ ހުއްޓެވެ.

އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ، އޮޕަރޭޝަންތަކުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށް ދޭން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

comment ކޮމެންޓް