މި އަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިޔަކަށް ޖޯޖީނާ

2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މި އަހަރު ރާއްޖެ އަންނާނެ އެންމެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެއެވެ.

އައު އަހަރު އެންމެ ފުރަތަމަ ރާއްޖެއައި ފަތުރުވެރިޔާގެ ޝަރަފު މި އަހަރު ލިބިފައި ވަނީ އިނގިރޭސި ވިލާތުގެ ޖޯޖީނާއަށެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ މި ދުވަސްކޮޅު ވެސް އޭނާ ވާނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. އެ ފަހަރު ޖޯޖީނާ އަދި އޭނާގެ ފިރިމީހާ ޗުއްޓީ ހޭދަކުރީ ސިނަމަން ހަކުރާ ހުރާ ރިސޯޓުގައި 12 ދުވަސް ވަންދެންނެވެ.

ޖޯޖީނާ އާއި އޭނާގެ ފިރިމީހާ މި އަހަރު ރާއްޖެގައި މަޑުކުރަން ހަމަޖެހިފައިވަނީ 11 ދުވަހަށެވެ.

އޭނާ ބުނިގޮތުގައި މީގެ ކުރިން ވެސް ރާއްޖެ އައުމަށް އެ ދެމަފިރިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، އޭރުގެ ގަވައިދުތައް އޮތް ގޮތުން އާދެވޭ ގޮތް ނުވި ނަމަވެސް މި ލިބުނު ފުރުސަތުން އެ ދެމަފިރިން ވެސް ތިބީ އުފާވެފައެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

އެ ދެމީހުންގެ އުންމީދަކީ އަންނަ އަހަރުވެސް ރާއްޖެ އައުން ކަމުގައި ވަނީ ބުނެފައެވެ. އަދި މި ލިބުނު ޝަރަފަކީ ހީވެސް ނުކުރާފަދަ އުފާވެރި ކަމެއް ކަމަށް އެ ދެ މީހުން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން ހުރިހާ އެންމެން ވެސް ރާއްޖެ އަންނަން ވާނެ ކަމަށާއި މި ޝަރަފު ވަރަސް ބޮޑަށް ބަލައިގަންނަ ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ. އަދި ދެން އަންނަ އަހަރަކު ވެސް ރާއްޖެ އައުމަށް އުންމީދު ކުރާކަމަށް ވެސް ބުންޏެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މިއަދު ހެނދުނު ޖޯޖީނާއާއި އޭނާގެ ފިރިމީހާ ރާއްޖެ އައިސްފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމީހުންނަށް ހާއްސަކޮށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. އަދި އެކި އެކި ކުންފުނިތަކުން ވަނީ ހަދިޔާ ވެސް މި ދެމަފިރިންނަށް ދީފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާ ކުރިވަރަށް ވުރެން އިތުރަށް ޓޫރިސްޓުން ވަނީ އައިސްފައެވެ. މި ފެށުނު އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު ކަމުން ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ.

comment ކޮމެންޓް