ޕޮލިސް ފްލެޓްތަކުގެ ފިނިޝިން ނިންމަން ހަވާލުކޮށްފި

ޕޮލިސް ފްލެޓްތަކުގެ ފިނިޝިން ނިންމަން ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސާވިސް މުވައްޒަފުންގެ ފްލެޓްތަކުގެ ފިނިޝިން ނިންމަން ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 'ކޮންޓިއުނޭޝަން އޮފް ޕޮލްކޯ ޓަވާސް އޭ، ބީ އަދި ސީ މަޝްރޫއު، މިއަދު އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ފްލެޓްތަކުގެ ނުނިމި މިހާރު ހުރީ ފިނިޝިންގެ މަސައްކަތް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ޕޮލިސް ފްލެޓްތަކުގެ ފިނިޝިން ނިންމަން ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އިރުފާނެވެ.

ފުލުހުންގެ ފްލެޓްތަކުގެ ޖުމުލަ 361 ޔުނިޓުގެ ތިން ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްކޮށް 1100 އަކަ ފޫޓެވެ.

މި ޓަވަރުތަކުގައި ހިމެނެނީ އެޕާޓްމަންޓްތަކުގެ އިތުރުން ޕާކިން އޭރިއާ އާއި ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕަސް ހޯލެކެވެ.

ފްލޭނިން މިނިސްޓްރީއާ ޕޮލިސް ސާވިސް ގުޅިގެން ވިލަރެސްކުރާ މި މަޝްރޫގެ އަގަކީ 274 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއު ނިންމަން ދިނީ އަށް މަސް ދުވަހެވެ.

comment ކޮމެންޓް