ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ލަންކާއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލހި އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅު ފައްޓަވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ އާދިއްތަ ދުވަހު ކަމަށެވެ.

ރައީސް އެންމެ ފަހުން ގައުމުން ބޭރަށް ވަޑައިގަތީ ވެސް ލަންކާއަށެވެ.

މިދިޔަ މަހުގެ ކުރީކޮޅު ރައީސް ލަންކާއަށް ވަޑައިގަތީ ލަންކާގެ "ޕްރައިމް މިނިސްޓާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުންނެވެ.

ދެ ދުވަހުގެ އެ ރަސްމީ ދަތުރުފުޅުގައި، ރައީސް ސޯލިހު ވަނީ ލަންކާގެ ރައީސްއާ ބައްދަލު ކުރައްވައި ދެ ގައުމުން އިސްކަންދޭ މުހިންމު މައުޟޫތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

comment ކޮމެންޓް