އެސްޓީއޯ "މަގޭ ހިޔާ" ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

މަގޭ ހިޔާ ޕްރޮމޯޝަން --

ހިޔާ ފްލެޓު ލިބުނު މީހުންނަށް ހާއްސަކޮށްގެން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކުރިއަށްގެންދާ، "މަގޭ ހިޔާ" ޕްރޮމޯޝަންގެ މުއްދަތު އިތުރު އެއް މަހަށް އިތުރުކޮށްފިއެވެ.

މިދިޔަ ޖުލައި މަހު "މަގޭ ހިޔާ" ޕްރޮމޯޝަން އެސްޓީއޯއިން ފެށީ ހަ މަސް ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު މި ޑިސެންބަރު މަހުގެ ނިޔަލަށް ހަމަ ވާއިރު، އެސްޓީއޯއިން ވަނީ ޕްރޮމޯޝަންގެ މުއްދަތު އެއް މަސް ދުވަހަށް އިތުރު ކުރުމަށް ނިންމައިފައެވެ.

އެއާއެކު އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް މި ޕްރޮމޯޝަންގެ ތެރެއިން މުދާ ގަނެވޭނެއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުގެ ތެރެއިން އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ ހުރިހާ އެއްޗަކުން ވެސް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އަދި ގަންނަ މުދާ ހިލޭ ޑެލިވަރީ ކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަަމަށެވެ.

އެސްޓީއޯގެ މި ޕްރޯމަޝަނުގެ ތެރެއިން ތިން ނަސީބުވެރިން ހޮވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އެގޮތުން އެއްވަނަ ނަސީބުވެރިއަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއި ދެވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ތިންވަނަ އަށް 5،000 ރުފިޔާގެ ވައުޗަރެއް ވެސް ހަދިޔާގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް