އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުރި ތަކެތި އަތޮޅުތެރޭގައި ވިއްކުމަށް އެޖެންޓުން ހޯދަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސް ---

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ރާއްޖެއަށް އެތެރެ ކުރާ ބްރޭންޑުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ވިއްކުމަށް ރަށްތަކުން އެޖެންޓުން ހޯދުމަށް ހުޅުވާލައިފިއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ މި ފުރުސަތު ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އެބައޮތް ކަމަށެވެ. އަދި ރަށްތަކުގައި ވިޔަފާރި ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މި ފުރުސަތު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފުރުސަތު ފަހިވެފައި ވަނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށް އެކަނި. އަދި އޮންލައިން ވިޔާފަރި ކުރާ ފަރާތްތަކަށް ވެސް އެޖެންޓަކަށް ވުމުގެ ފުރުސަތު އޮންނާނެ،" އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން، އެޖެންޓަކަށް ވާން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމު މިހާރު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ. މި ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ ކައުންޓަރަށެވެ.

comment ކޮމެންޓް