ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ

ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު--

ސްޓެލްކޯ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވެފައިވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

މުހައްމަދު ރަޝީދު, 71, ސްޓެލްކޯގެ ޗެއާމަން ކަމަށް އައްޔަނުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސްޓެލްކޯގެ ސީއީއޯ ކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ދިގު މުއްދަތަކަށް އަދާކުރައްވައިފައެވެ.

ސްޓެލްކޯ އަށް ހިދުމަތް ކުރައްވާތާ 50 އަހަރުވެފައިވާ މުހައްމަދު ރަޝީދު ސްޓެލްކޯއާ ގުޅިވަޑައިގަތީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެ ކުންފުނީގެ އިންޖީނިއަރެއްގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް