"ސީއެންއެން ހީރޯސް" މީޑިއާނެޓު މަލްޓިސްކްރީން ބަލާލެވޭނެ

ސީއެންއެން ހީރޯސްގެ ހޯސްޓުން--

މިއަހަރުގެ "ސީއެންއެން އެވޯޑްސް 2021" މީޑިއާ ނެޓު މަލްޓިސްކްރީނުން ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

ސީއެންއެންގެ އެންޑާސަން ކޫޕާ އާއި އޭބީސީގެ ކެލީ ރިޕާ ކޯ-ހޯސްޓް ކުރާ ސީއެންއެން ހީރޯސް އިން 2021 ސީއެންއެން ހީރޯ އޮފް ދަ އިޔާ އެވޯޑު ދޭނެއެވެ. އަދި މި އާދަޔާ ޚިލާފު ޝޯއަށް 15 އަހަރު ފުރުން ފާހަގަކުރުން ވެސް މި އަހަރުގެ ޝޯގައި އޮންނާނެއެވެ.

މިއަހަރުގެ ޝޯ އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 07:00 ގައެވެ. މި ޝޯ ދައްކާނީ މީޑިއާނެޓު ޗެނަލް 110، ސީއެންއެން އިންނެވެ. މި ޝޯ މީޑިއާނެޓު މަލްޓިސްކްރީން އެޕް އިން ވެސް ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

ސީއެންއެން ހީރޯސްއަށް 15 އަހަރު ފުރޭ މި އަހަރުގެ ޝޯގައި، ސީއެންއެން އިން ވަނީ ތަފާތު ދައްކައިފައިވާ ދެ ޒުވާނެއްގެ އަގުވަޒަންކޮށް، އެ މީހުންގެ ވާހަކަ ގެނެސްދިނުމަށް ނިންމައިފައެވެ.

މިހާތަނަށް ސީއެންއެން ހީރޯސް އިން ވަނީ 55 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެހީތެރިވެފައިވާ 350 ހީރޯއިންގެ އަގު ވަޒަންކޮށްފައެވެ.

comment ކޮމެންޓް